ވެލާ ފެޅި މީހުންގެ ޖޫރިމަނާ 33،000ރ އަށް ކުޑަކޮށްދީފި

ވެލާ ފެޅި މީހުންގެ ޖޫރިމަނާ 33،000ރ އަށް ކުޑަކޮށްދީފި

Author
އައިޝަތު އަޙްމަދު
07 ސެޕްޓެމްބަރ 2023 02:38
0

ބ.އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ވެލާމަސް ކެއުމުގައި ބައިވެރިވި މީހުންނަށް ކޮށްފައިވާ ޖޫރިމަނާ ކުޑަކޮށްދީފިއެވެ. އީޕީއޭއިން ކުރިން ވަނީ ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައެވެ.

އެ މީހުން ޖޫރިމަނާކުރީ މެއި މަހުގެ 20 ގައެވެ. ޖޫރިމަނާ ދެއްކުމަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވަމީ ދީފައެވެ. ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން މައުލޫމާތު ދީފައިވެއެވެ. މިކަން އީޕީއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މިހާރު އެ ޖޫރިމަނާ 33،000ރ އަށް ކުޑަކޮށްދީފައިވާކަމަށް އީޕީއޭއިން ބުންޏެވެ.

އެ އިދާރާ އިން ކުރިން ބުނި ގޮތުގައި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވީ ފަސް ފިރިހެނުންގެ ގޫރަޕަކުންނެވެ. އެ އެންމެނަކީ ވެސް ބ. ކެންދޫ މީހުންނެވެ. ކެޔޮދުއަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތިނެއްގައެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭއާ ހިއްސާކުރީއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.

ފަސް ފިރިހެނުންގެ ގުރޫޕަކުން މިދިޔަ ފެބްރުއަރީމަހު 3 ވަނަ ދުވަހު ފަޅާލާފައިވަނީ ވެލާގެ ވައްތަރެއް ކަމަށްވާ ގްރީން ޓާޓަލްގެ ހަ ވެލާ ކަތިލާފައިވާ ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައި ވެއެވެ. އީޕީއޭން ބުނާގޮތުގައި ވެލާ ކަތިލާ ކެއްކުމުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ އެ އަތޮޅު ކެންދޫއަށް ނިސްބަތްވާ މީހުންނެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.