އިދިކޮޅުން ވެރިކަމަށް އައިސްފިނަމަ، ރާއްޖެ ދާނީ ބިރުވެރިކަމެއްގެ ތެރެއަށް: މާރިޔާ

އިދިކޮޅުން ވެރިކަމަށް އައިސްފިނަމަ، ރާއްޖެ ދާނީ ބިރުވެރިކަމެއްގެ ތެރެއަށް: މާރިޔާ

Author
އަހުމަދު
07 ސެޕްޓެމްބަރ 2023 01:09
0

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވައިފި ނަމަ، ރާއްޖެ ދާނީ ބިރުވެރިކަމެއްގެ ތެރެއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ރައީސް ސޯލިހްގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ މުއިއްޒު ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓާ ގަބޫލު ނުކުރާ ބައެއް ކަމަށާއި ހޮނިހިރު ދުވަހު ނަގާ ވޯޓަށް ފަހު، ދެން ރާއްޖޭގައި ވޯޓުލުން އޮންނާނެ ކަމަކަށް ލަފާ ނުކުރެއްވޭ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިއަދު ފެނިގެން ދަނީ އެމްޑީޕީއާ ވާދަވެރި ކެންޑިޑޭޓު ވަރަށް "ކޫލް" ކަމަށް ހެދެން އުޅޭ ތަން ކަމަށެވެ. އަދި މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް ވެގެން އުޅޭ ހެން ވެސް ބައެއް ފަހަރު ހީވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަމަކު އަޅުގަނޑުމެންނަށް އެނގޭ ކޮން ތަނަކުން ކަން މުއިއްޒު އެ ވަޑައިގަންނަވަނީ. ކޮން ދިމާލަކަށް ކަން އެ މިސްރާބު ޖައްސަވާފައި ހުރީ. އަޅުގަނޑަށް ހީވާ ގޮތުގައި މިއީ ރާއްޖޭގައި ދެން ލާނެ އެންމެ ފަހު ވޯޓު. ލައްކަ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އެބޭފުޅާ ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓާ ގަބޫލު ނުކުރާ ބައެއް. އެހެންވީމަ ޟޫރާ މަޖިލިހުން ނިންމައިގެން މި ފަސް އަހަރަށް ފަހު ދެން ވޯޓަށް ބަލާ އިރު ދެން އަންނާނީ އެކި ވައްތަރުގެ ފަތުވާތައް ވޯޓު ނެގުން، ވޯޓު ލުން އެއީ ހަރާން ކަންކަމަށް. މާރިޔާ ވިދާޅުވިއެވެ.

ރާއްޖެ ހެޔޮ މަގަށް ގެންދިއުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި ރައްޔިތުން ބޭނުންވާ ރާއްޖޭގެ ގޮތުގައި މި ރާއްޖެ ބާއްވަން ބޭނުން ނަމަ، ރައީސް ސޯލިހަށް ހެޔޮ ފާހަގަ ޖެއްސެވުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ. މާރިޔާ ވިދާޅުވި ގޮތުގައި އުފާވެރި އަމާން ރާއްޖެއަކަށް ދާން ދިވެހިން ބޭނުންވާ މަންޒަރު މިހާރު ފެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އޭރުން މާރިޔާމެންވެގެން ދެގައުމުގެސިފައިންނެރެގެން ކުރިމަތިލުމަކަންދާވާހަކަތަ ނޫނީހަގުރާމައެއް ފަށާވާހަކަތަ
ސ ސަލްމާ
ތެދެއްވިއްޔީވާނީތެދަކައް