"އަޅުގަނޑު ތިޔަބޭފުޅުން ކައިރިއަށް އައިސް މިވާ ވައުދުތަކަކީ ހަމަ ހުރެފަ ވާ ވައުދުުތަކެއް ނޫން. މިކަން ކުރާނެ ގޮތާއި، ބަޖެޓް ހޯދާނެ ގޮތްތަކާއި ކުރާނެ ގޮތް އެނގިގެން ހިސާބު ހެދިގެން ވާ ވައުދުތައް. އަޅުގަނޑު ނުވާނަން ނުކޮށްދެވޭނެ ކަންތައްތަކުގެ ވައުދެއް. ވޯޓު ހޯދަން އަޯލުވާލައިގެން އަޅުގަނޑު ވާނެ ވައުދެއް ނޯންނާނެ." މިއީ ރިޔަސީ ކެމްޕޭންގައި ޑރ.މުއިއްޒު މިހާތަނަށް ވަޑައިގެންނެވި ކޮންމެ ރަށެއްގެ ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ޔަގީންކަމެވެ.
އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނައިރު، އިންތިޚާބުގެ ވާދަވެރިކަން އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ޑރ.މުއިއްޒުއާއި ދެމެދުއެވެ. އެހެން ކެންޑިޑޭޓުންވެސް އިންތިޚާބުގެ ދެވަނަ ބުރަކަށް ދިއުމަށް ގަދަ އަޅާ ދަނީ ކެމްޕޭންގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިންވެސް ދަ ޑިމޮކްރެޓްސްއާއި، ޖުމްހޫރީީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގެންދަނީ ކެމްޕޭންގެ މަސައްކަތް ބާރަށް ކުރަމުންނެވެ.
މުއިއްޒުގެ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީން ކަން:
ރިޔާސީ ކެމްޕޭނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒަށް ލިބިވަޑައިގެންފައިވަނީ މަދު ދުވަސްކޮޅުކެވެ. ކެމްޕޭނަށް މުއިއްޒު ރަށްރަށަށް ވަޑައިގެންނެވުމުން، މިވެރިކަން ބަދަލުކޮށް ރައީސް ޔާމީންގެ ފިކުރު އަލުން އިޔާދަކޮށް މިވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންވެފައިވާ މަންޒަރު ދަނީ ހާމަވަމުންނެވެ. ޚާއްސަކޮށް ބޮޑެތި އާބާދީތަކަށް މުއިއްޒު ވަޑައިގެންނެވުމުން ފެނިގެން ގޮސްފައިވަނީ އާދަޔާއި ޚިލާފް ރޫހެއްގައި މުއިއްޒު ހޮވުމަށް ރައްޔިތުން ކެތް މަދުވެފައި ތިބިތަނެވެ.

އިންތިޚާބުގައި މިހާތަނަށް ޑރ.މުއިއްޒުވަނީ ވަގުތު ވީވަރަކުން ގިނަ ރަށްތަކަށް ވަޑައިގެންފައެވެ. ކޮންމެ ރަށަކަށް ވަޑައިގެންވެސް އެރަށަކާއި އަތޮޅުގެ ވަޑައި ނުގެންނެވޭ އެހެން ރަށްތަކަށް ކޮށްދެއްވާނެ ކަންތައްތައްތައް ހުށަހަޅުއްވައެވެ. އެއާޕޯޓްތަކާއި، ބަނދަރާއި، މަގު ހެދުމާއި، ރިސޯޓް ތަރައްޤީ ކުރުމާއި، ހޮސްޕިޓަލުތައް ތަރައްޤީ ކުރުމާއި، މިނޫންވެސް ޤައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މުހިންމު ވައުދުތަކެއް މުއިއްޒު ގެންދަވަނީ ވަމުންނެވެ.
އަޅުގަނޑެއް ހުސް ވައުދެެއް ނުވާނަން. އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ވޯޓު ހޯދުމަށް އޮޅުވާލައިގެން އަޅުގަނޑު ވާނެ ވައުދެއް ނޯންނާނެ. ވާނީ ކޮށްދެވޭނެ ކޮށްދޭނެ ކަންތައްތަކުގެ ވައުދު.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ހުށަހަޅުއްވަ ވައުދުތަކާއިއެކު ވިދާޅުވެފައިވަނީ އެއްވެސް ތަފާތު ކުރުމެއް، ކުޑަރަށެއް، ބޮޑު ރަށެއް ބެލުމެއްނެތި މުޅި ރާއްޖެ ތަރައްޤީ ކޮށްދެއްވާނެކަމެވެ.
މުއިއްޒަކީ ތަރައްޤީ ހާސިލްކޮށްދެއްވި ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް:
ޑރ.މުއިއްޒަކީ ރާއްޖޭގެ ތަރައްޤީގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑެތި ތަރައްޤީގެ އެންމެ އިސްކޮށް ބައިވެރިވެ އެކަންކަން ހަގީގަތަކަށް ހެއްދެވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެއްބޭފުޅާއެވެ.

މާލެ ސަރަހައްދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ދަރުމަވަނަތް ހޮސްޕިޓަލާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގައި ކުރަމުންދާ މަސައްކަތަކީ މުއިއްޒުގެ ހިއްސާ ބޮޑު މަސައްކަތްތަކެވެ.
އަޅުގަނޑުމެންގެ ކުރިމަތީގައި ވޯޓު ފޮއްޓާއި ހަމައަށްދާއިރު އޮތް ސުވާލަކީ ރައްޔިތުން އިތުބާރު ކުރައްވާނީ ބްރިޖެއް އަޅަން ބުނެ އެބުރިޖު ހަގީގަތަށް ހެއްދެވި މީހުންނަށްތޯ، ނޫނީ ބުރިޖެއް އަޅަންބުނެ އެބުރިޖު ނޭޅުނު މީހުނަށްތޯ. މިއީ ރައްޔިތުންނަށް ވޯޓު ދިނުމުގެ ކުރިން ވިސްނާލާފަ ނިންމަން ފަސޭހަ ނުކުތާއެއް.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒަކީ ރާއްޖޭގެ ރަށްތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްޤީގައި ބޮޑު ހިއްސާއެއް އޮތް ބޭފުޅާއެވެ. ރަށްރަށުގެ ބަނދަރާއި، މަގުހެދުމާއި، ފެނާއި ނަރުދަމައާއި މިނޫންވެސް އުމްރާނީ ތަރައްޤީގެ އެތައް ކަމެއްގައި މުއިއްޒުގެ ބައިވެރިވުން ބޮޑެވެ. ނަމަވެސް މިއަދު މުއިއްޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަސް އަހަރު ފަހުން ރައްޔިތުންގެ ކައިރިއަށް ދިއުމުން ރައްޔިތުން ތަރައްޤީއަށް އެދި ކުރަނުންދާ އާދޭހެވެ. މިފަސް އަހަރަކީ މުއިއްޒު ދެކޭ ގޮތުގައި ތަރައްޤީ ބޮޑު އަޑިގަނޑަކަށް ދިޔަ ފަސް އަހަރެވެ.

ޑރ. މުއިއްޒަކީ ދެވަނަ އުމަރު ޒާހިރު:
މުއިއްޒަކީ މަރުހޫމް އުމަރު ޒާހިރުގެ އަރިހުގައި މަސައްކަތް ކުރެއްވި އެމަނިކުފާނުގެ އިރުޝާދާއި ތަރުބިއްޔަތު ލިބި ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އުމަރު ޒާހިރުގެ އަރިހު މިނިސްޓްރީގައި މަސައްކަތް ކުރައްވަނިކަށް ލިބިވަޑައިގެންނެވި ސްކޮލާޝިޕެއްގައި މުއިއްޒު ވަޑައިގެންނެވީ އިނގިރޭސި ވިލާތަށެވެ. އިނގިރޭސިވިލާތުގައި ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ނަންގަވައިގެން މުއިއްޒު ރާއްޖެ ވަޑައިގެންނެވި އިރު މިނިސްޓްރީ އޮތީ އެކީ ބަދަލުވެފައެވެ.

މާލެ އަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރި ހައުސިން އެންޑް އާބަން ޑިވެލޮޮޕްމަންޓް ބޯޑްގައި މުއިއްޒު ގާތްގަނޑަކަށް ތިން އަހަރު ދުވަހު މަސައްކަތް ކުުރެއްވި އެވެ. މުއިއްޒުވަނީ، އުމަރު ޒާހިރު ގެނެސްދެއްވި ތަރައްޤީ ދަމަހައްޓަވައި ރައީސް ޔާމީންގެ ވެރިކަމުގައި އެ ތަރައްޤީ އިޔާދަކޮށްދެއްވައި މާލެއަށް ބޮޑު ބަދަލެއް ގެނެސްދެއްވާފައެވެ.
އުމަރު ޒާހިރަކީ މިއަދު މާލެ ސަރަހައްދުން ފެންނަމުންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މޭސްތިޔާއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނައިރު އިންތިޚާބުގެ ކެމްޕޭންގައި މިހާތަނަށް މުއިއްޒުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ފާޑު ނުކިޔައި ރާއްޖޭގައި ހުރި މައްސަލަތަކަށް ޢަމާޒުކޮށް ކެމްޕޭން ކުރައްވަމުންދާ ތަނެވެ. މުއިއްޒު ދެކެވަޑައި ގަންނަވާ ގޮތުގައި މިއިންތިޚާބުގައި ސަރުކާރުގެ ނުފޫޒާއި ބާރާއި، ހުރިހާ ކަމެއްގެ މައްޗަށް ރައްޔިތުން ސާބިތުކަން ދައްކައިފިނަމަ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ