"އާޝިގީ 3″ އަށް ކާތިކް އާއި އެކުގައި ކަންނާޑާ ބަތަލާއެއް

"އާޝިގީ 3″ އަށް ކާތިކް އާއި އެކުގައި ކަންނާޑާ ބަތަލާއެއް

Author
ފާތިމަތު ނާވީ
04 ސެޕްޓެމްބަރ 2023 08:04
0

ކާތިކް އާރިޔާންގެ އަސަރުގަދަ ލޯބީގެ ފިލްމް "އާޝިގީ" ގެ ބަތަލާ އަކީ ކަންނާޑާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ތަރި، އަކަންކުޝާ ޝަރުމާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިންވެސް މި ފިލްމް އިން ކާތިކް އާއި އެކުގައި ފެންނާނެ ކަމަށް ބުނެ ބައެއް ބަތަލާއިން ގެ ނަންތަށް ވަނީ ފެންމަތިވެފައިއެވެ. އޭގެ ތެރޭގައި ކާތިކް ގެ ކުރީގެ ލޯބިވެރިއާ ސާރާ އަލީ ހާން ވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ނަމަވެސް ރިޕޯޓްތަށް ބުނާގޮތުގައި މި ފިލްމް އިން ފެންނާނީ އަކަންކުޝާއެވެ. ސަބަބަކީ އޭނާ ވަނީ ވަނީ އެ ފިލްމުގެ އުފެއްދުންތެރިންނާ މިފަހުން ވަރަށް ގިނައިން ބަދަލުކޮށްފައެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.

ނަމަވެސް މިފަހުން ފިލްމް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފިލްމްގެ ޕްރޮޑިއުސަރުން ބުނެފައިވަނީ މި ފިލްމް އިން މުޅިން އައު މޫނެއް ފެންނާނެ ކަމަށެވެ. އެހެން ކަމުން މި ފިލްމްގެ ލީޑުން އަކަންކުޝާ ފެނުމަކީ އެކަށީގެން ވާކަމެކެވެ. އެހެން ވެއްޖެ ނަމަ މީ އަކަންކުޝާ ގެ ބޮލީވުޑް ޑެބިއުއަށް ވެގެންދާނެއެވެ.

 

View this post on Instagram

 

A post shared by Akanksha Sharma (@akanksharmaa)

މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. "އާޝިގީ" ގެ ނަމުގައި މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލްއެވެ. އެ ފިލްމް އަކީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލް ބޮލީވުޑަށް ތައާރަފުވި ފިލްމްވެސް މެއެއެވެ. މި ފިލްމް އަކީ މިއަދު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމް އެކެވެ. ހާއްސަކޮށް ފިލްމް ގެ ލަވަތަށް ގިނަ ބަޔަކު މިއަދުވެސް އަޑުއަހައެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

 

އަސަރުގަދަ ލޯބީގެ ވާހަކައެއް ގެނެސްދޭ އާޝިގީގެ ތިންވަނަ ފިލްމްގެ ޑައިރެކްޓަރަކީ ކާމިޔާބު އެތަށް ފިލްމް ތަކެއް ގެެނސްދީފައިވާ އަނޫރާގް އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ 2020 އެންތޮލޮޖީ ފިލްމު "ލޫޑޯ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.