ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކުރި ފުލުހުންގެ މައްސަލަ އަލުން ބަލަން ފާސްކޮށްފި

ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކުރި ފުލުހުންގެ މައްސަލަ އަލުން ބަލަން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 10:37
0

މ.އުޖާލާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުސް އޮފިސަރުންތަކެއް މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފިޔަވަޅު އެޅުމާއި ގުޅިގެން ފޭސްބުކް އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްގެން އިހްތިޖާޖް ކުރި ފުލުހުންގެ މައްސަލަ އަލުން ބަލަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ރައްޔިތުންގެ މެޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުުގެ 241 ކޮމިޓީން އެކުލަވަލި މިރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. މި މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މި މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް ފަހު ހަތް އޮފިސަރުން ސަސްޕެންޑު ކޮށްފައިވެއެވެ.

މި ރިޕޯޓުގައި ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށްފައިވާ ކަމަށް ފާހަގަކުރެވުނު ހުރިހާ ފުލުހުން ޕްރޮފައިލް އެހެން ކުލައަކަށް ބަދަލުކުރުމުން އެ ފުލުހުންނާމެދު ނަސޭޙަތްދިނުން ފިޔަވައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމެވުމަކީ މި ކޮމިޓީން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިބާވަތުގެ އިޙްތިޖާޖުތަކަކީ ފުލުހުންގެ މުއައްސަސާފަދަ މުއައްސާއެއްގެ އަޚްލާޤީ އަދި ސުލޫކީ މިންގަޑުކަމަށް މި ކޮމިޓީއަށް ޤަބޫލުނުކުރެވޭކަމަށާއި، އެބާވަތުގެ އިޙްތިޖާޖަކާގުޅޭފަދަ ކަމެއް ފުލުހުންގެ އެއްވެސް މީހަކު ހިންގާނަމަ، އެފަދަ ޢަމަލަކަށް އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅިފައި އޮތުން މުހިންމު ކަމުގައި މި ކޮމިޓީއަށް ޤަބޫލުކުރެވޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ފުލުހަކު އިޙްތިޖާޖުގެ އެއްވެސް ޢަމަލެއް ހިންގުމާއި އަދި އެފަދަ އެއްވެސް ޢަމަލެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑައަޅައި، އެކަމަށް އެކަށޭނަ އަވަސް ފިޔަވަޅުތަކާއި، އަދަބުތަކާއި، އެފިޔަވަޅުތަކާއި އަދަބުތައް ކަމާގުޅޭ ފަރާތްތަކުން އަވަސްކޮށް އެޅުމަށާއި ތަންފީޛު ކުރާނެގޮތުގެ ކަމާގުޅޭ މާއްދާތައް މިހާރު ރައްޔިތުންގެ މަޖިލީހުގައި އިޞްލާޙުކުރަމުންދާ "ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު"ގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންނާއި އަދި ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އަވަސްކޮށް ކުރުުމަށްވެސް ވަނީ ލަފާ ދީފައެވެ.

ކޮމިޓީއިން އެކުލަވާލި އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސެއް ވެސް އަދި ހިންގަން ޖެހޭނެއެވެ. އަދި ކޮމިޓީ ރިޕޯޓް ފާސްކުރުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.