ނ.މަނަދޫގެ އަވަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި ގުޅިގެން އެރަށު ކައުންސިލް އިދާރާ 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫގެ އަވަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން) ރިޢާޔަތްކޮށް ޖުމްލަ 20,000 (ވިހި ހާސް) ދިވެހިރުފިޔާއިން މަނަދޫ ކައުންސިލުގެ އިދާރާ ޖޫރިމަނާ ކުރައްވާފައިވަކަމަށެވެ.
އަދި މިޖޫރިމަނާ ފައިސާ އީޕީއޭއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެކައުންސިލަށް ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ