ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުން ހޮނިހިރަށް ފަސްކޮށްފި

ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުން ހޮނިހިރަށް ފަސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 12:22
0

މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް މިއަދު ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް ބުނި ނަމަވެސް، މިއަދު ހަވާލު ކުރެވޭ ގޮތެއް ނުވިކަމަށާއި، ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެެވެ.

ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނެއެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯތި ލިބޭ އެންމެންނަށް ގޯތީގެ ދާއިމީ ރަޖިސްޓްރީ 11 ނޮވެމްބަރުގެ ކުރިން ހަވާލުކޮށް ނިމޭނެއެވެ.

މާލޭ ސަރަހައްދުން ގޯތި ދޫކުރާ ތިން ކެޓެގަރީގެ ގުރުލުން މިއަދު ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2450، 3250، އަދި 3650 އަކަފޫޓުގެ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުމެވެ. އެ ގުރުއަތުން ކުރިއަށް ދިޔައީ ގަލޮޅު ސްޓޭޑިއަމްގަ އެވެ. އަދި ހުރިހާ އެންމެންހެ ގުރު ނަގައި މިހާރު ވަނީ ނިންމާލައިފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ މިއަދު ހަވާލުކުރައްވާނެ ކަމަށް ކުރިން ހާމަކުރައްވާފައިވީ ނަމަވެސް އިދާރީ ބައެއް ކަންތައްތައް ނުނިމޭތީ ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ގެންދަވާނީ މިމަހުގެ 26ވާ ހޮނިހިރު ދުވަހު ކަމަށެވެ.

ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ފުލެޓު ރަޖިސްޓްރީ ކޮންއިރަކުން ހަވާލުކުރަނީ.
ގ ގޯތިވަގުންް
ތެދެކާދޮގަކާާ ހެދެންއޮންނަތާގަވެސްް ދޮގުހަދާބައެއްް ގޯތިވެހިއިރުު އަކުރަމްކަމާލުއްދީނާާ އަސްލަމްބޭނުންވާާ މީހުންނައްް ގޯތިދިނީހުޅުމާލެެ ފޭސްދެއެއްގަަ ހިކިފަސްގޯތިި އާމުރައްޔިތުންނައްދެނީި ކަޑާފަޅުންް މީމިރާއްޖޭގަަ ހަމަހަަމަކަންް އޮތްމިންވަރުު މީގެންކަމެއްް ފެންނަަ މުއައްސަސާއެއްވެސްް މިރާއްޖެއަކުނެތްް ރަޖިސްޓްރީވެސްް ފޭސްދެއަކުު ގޯތިދިންމީހުންނައްް ދީނިންމައިފިި މިމީހުންގެެ ވެރިކަންގެއްލޭނެެ ކަންޔަގީންވާލެއްް ބޮޑުކަމުންް އަމިއްލަޔައްް ގޯތިތައްް ނަގާރަޖިސްޓްރީވެސްް ކޮއްނިމްމައިފިި ދެންއެތިބެނީީ އާއްމުރައްޔިތުންލައްވާމޮޔަހެއްދޭނެކަމައްް ހަމަފިސާރިތެދެއްް މިމީހުންވެރިކަމުންް ދުރުކުރަންހުރިހާާ ދިވެހީންް މަސައްކަތްކޮއްް ތަންކޮޅެއްް ރަގަޅުމީހެއްް ގެންނަންޖެހިއްޖެެ
ބ ބުނެލީހަމަ
މިއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑަކީ އެއްވެސް ޕާްޓީއަކަށް ނިސްބަތްވާ މީހެއް ނޫން. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންނަށްވެސް އެބަހުރި ހުޅުމާލެއިން ލިބިފަ.