އެމްޑީޕީން މާދަމާރޭ ތަފާތު އިވެންޓަކާއިއެކު މެނިފެސްޓޯގެ ފަހު ބައި ހުށަހަޅަނީ

އެމްޑީޕީން މާދަމާރޭ ތަފާތު އިވެންޓަކާއިއެކު މެނިފެސްޓޯގެ ފަހު ބައި ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2023 09:11
0

ވެރިކަން ކުރާ މައި ޕާޓީން އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީ ހިމެނޭ ކޯލިޝަނުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބަޔާއިއެކު މުޅިން ތަފާތު އިވެންޓެއް މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން ބުނީ މާދަމާ ރޭ 8:00 ގައި މާފަންނު ސޯޝަލް ސެންޓަރުގައި ބާއްވާ މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށެވެ. އެމް.ޑީ.ޕީއަކީ ހަރުގެ ބައްދަލުވުންތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ކެމްޕޭން ޖަގަހަތަކާއި، މިނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތަޢާރަފްކުރި ޕާޓީކަމަށް އެޕާޓީން ބުނެއެވެ.

މާދަމާ ރޭ ބާއްވާ މި ޙަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެއް. އެމްޑީޕީން ބުނެފައިވެއެވެ.

މާދަމާ ރޭ އޮންނަ މި އިވެންޓްގައި އެމްޑީޕީއިން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ އިޤްތިޞާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. މި އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ރަނިންގ މޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.