ޕާކިސްތާނުގައި ކޭބަލް ކާރެއް މަތިން ދަތުރު ކުރަމުން ދަނިކޮށް، ކޭބަލެއް ކަނޑައިގެން ގޮސް ކޭބަލްކާރު ތާށިވެފައި ވަނިކޮށް، ކޭބަލްކާރުގައި ތާށިވެފައިތިބި 8 މީހުން ސަލާމަތް ކޮށްފިއެވެ.
ތާށިވި ކޭބަލް ކާރުގައި ކުޑަކުދިންވެސް ތިބިކަމަށް ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައި ވެއެވެ.
ކާރުގައި ދަތުރު ކުރަމުންދިޔަ 6 ކުޑަކުދިންނާއި ދެ ބޮޑުމީހުން ދަތުރުކުރަމުން ދިޔައީ ބިމުން 900 ފޫޓު (275 މީޓަރު) މަތިންނެވެ. ކޭބަލް ކާރުގައި ތާށިވެފައި، 8 މީހުންވެސް 15 ގަޑިއިރު ތިބެން ޖެހުނެވެ.
"ރެސްކިއު އޮޕަރޭޝަން މިހާރުވަނީ ނިމުމަކަށް އައިސްފަ. އެންމެ ފަހުން ސަލާމަތް ކޮށްފައިވަނީ ކޭބަލް ކާރުގައި ތާށިވެފައިތިބި ދެ ބޮޑު މީހުން،" ޕާކިސްތާން އެމަޖެންސީ ސާވިސްގެ އޮފިޝަލް ބިލާލް ފައިޒީ ވިދާޅުވެފައި ވެއެވެ.
ކޭބަލް ކާރުގައި ތާށިވި 8 މީހުން ސަލާމަތް ކުރުމަށްޓަކާ ހިންގުނު ޚާއްސަ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވަނީ މިއަދުގެ އިރު އޮއްސުނު ފަހުންނެވެ.
ތާށިވި ކޭބަލް ކާރުން ދަތުރު ކުރަމުންދިޔަ ކުޑަކުދިންނަކީ ސްކޫލަށް ދިއުމަށް ދަތުރުކުރަމުންދިޔަ ކުޑަކުދިންނެވެ. ކޭބަލް ކާރު ދަތުރު ކުރަމުން ދަނިކޮށް ބޭނުން ކުރަމުންދިޔަ އެއް ކޭބަލް ކުއްލިއަކަށް ކަނޑައިގެން ގޮސް ކޭބަލް ކާރު ތާށިވީ 1200 ފޫޓު، (365 މީޓަރު) މަތީގައި ހުއްޓާ ދަތުރުގެ މެދުތެރެއިން، ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ އުތުރު ހުޅަނގު ހައިބަރު ޕަޚުޓުންޙާވާ ސަރަހައްދުގައެވެ.
ޕާކިސްތާންގެ ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ ތާށިވި މީހުން ސަލާމަތް ކުރުމަށް ބޭނުން ކޮށްފައިވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރތައް ކަމުގައެވެ.
ކޮމެންޓު ފޮނުވާ