މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ ވައުދުތަކަކީ އެމްޑީޕީގެ މެނިފެސްޓޯގެ ކޮޕީއެއް: މާރިޔާ

މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ ވައުދުތަކަކީ އެމްޑީޕީގެ މެނިފެސްޓޯގެ ކޮޕީއެއް: މާރިޔާ

Author
އަޒްފާ ރަޝީދު
21 އޮގަސްޓް 2023 05:58
0

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ވައުދުތައް އިއުލާންކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ކޮޕީކޮށްގެން ކަމަށް ރައީސް ޞާލިހްގެ ކެމްޕެއިނު ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ޖަލްސާގައި ލޯންޗުކުރި މުއިއްޒުގެ ބޯހިޔާވަހިކަމުގައި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މާރިޔާ ވަނީ އެއީ "ކޮޕީކެޓް ވައުދުތަކެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ރައީސްގެ "އުފާވެރި ދިރިއުޅުން" މެނިފެސްޓޯގައި ގެދޮރު އިމާރާތް ކުރުމަށް ހަ ޕަސެންޓަށް ވުރެން ބޮޑު ނުވާނެ ގޮތަށް ލޯން ފޯރުކޮށްދޭނެކަމަށް ހިސާބުތައް ޖަހައިގެން ދިރާސާކޮށްގެން ހިމަނައިފައިވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މުއިއްޒު ހަމަ އެ ވައުދުވެވަޑައިގަތް ކަމަށާއި އެކަމަކު ހަމަނުޖެހޭ ގޮތަށް ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، މި ސަރުކާރުން މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު އަތުލާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވިއެވެ.

މުއިއްޒުގެ ސިޔާސަތުތަކުން ބޮޑެތި ރަށްތައް އެކަނި ތަރައްގީވާކަން ދޭހަވާ ކަމާއި އެކަމަކު މި ސަރުކާގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކުރުން ކަމަށް ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް މާރިޔާ ވަނީ މިއަދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
މާރިޔާ ކަލޭ އަމަޔޭ ކިޔާަބަލަ ޤައުމު ވިއްކާލި ބޮޑެތި ވަގުންތީ.... ޢެކަން އެނގޭ އެންމެނަށް...