ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހުޅުމާލޭގެ ޔޫތު ސިޓީގައި ބޭއްވި މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ބޮޑު ޖަލްސާއަށްފަހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
މިދަތުފުޅުގައި މުއިއްޒުއާއި، އެމަނިކުފާނުގެ ކެމްޕޭން ޓީމުން އައްޑޫއަށް ވަޑައިގެންވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. މިއަދު ހަވީރު ފޭދޫއަށް ވަޑައިގެންނެވުމަށްފަހު މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑރ.މުއިއްޒުގެ އައްޑޫ ސިޓީ ދަތުރުފުޅު ހަމަޖެހިފައިވާ ގޮތް:
މިއަދު:
– 16:00 ގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވުން
– 17:15 އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވުން
– 20:30 އައްޑޫ ސިޓީ ހިތަދޫ ޖަލްސާ
މާދަމާ:
– 08:45 އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވުން
– 09:30 އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ވަޑައިގެންނެވުން
– 10:55 އައްޑޫ ސިޓީ، މަރަދޫއަށް ވަޑައިގެންނެވުން
– 13:00 އައްޑޫ ސިޓީ، ހިތަދޫއަށް ވަޑައިގެންނެވުން
– 16:15 އައްޑޫ ސިޓީ، ހުޅުދޫއަށް ވަޑައިގެންނެވުން
– 20:15 އައްޑޫ ސިޓީ މީދޫއަށް ވަޑައިގެންނެވުން
– 21:30 އައްޑޫ ސިޓީން ފުރާ ވަޑައިގެންނެވުން
މުއިއްޒު ކެމްޕޭނަށް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގައި ކުރީގެ ބަންޑާރަ ނައިބް ޑރ.މުނައްވަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އައްޑޫ ސިޓީއަށް ޑރ.މުއިއްޒު ކުރައްވާ މިދަރުގައި އެސިޓީގެ ރައްޔިތުންނަށް އުންމީދީ މެސެޖުތަކާއި ވައުދުތައް ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ