ސަޕޯޓަރުންނާއި ދިމާނުވާނެ ގޮތަށް، ރައީސް ޔާމީން ގެނައި ލޯންޗު ގާތްކުރީ ކަރެކްޝަން ކައިރިއަށް

ސަޕޯޓަރުންނާއި ދިމާނުވާނެ ގޮތަށް، ރައީސް ޔާމީން ގެނައި ލޯންޗު ގާތްކުރީ ކަރެކްޝަން ކައިރިއަށް

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 02:17
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ދިމާނުވާނެ ގޮތަކަށް ކަރެކްޝަން ކައިރިއަށް ލޯންޗު ގާތްކޮށް ކޯޓަށް ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން ގެނައި ލޯންޗު މާލެ ޖަލު ހިމެނޭ ސަރަހައްދަށް ގާތްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:40 ހާއިރުގައެވެ. އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުން ކްރިނަލް ކޯޓުގައި ކުރިއަށްދާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ކްރިމިނަކް ކޯޓު ހިމެނޭ ސަރަހައްދަށް އެއްވެފައެވެ. އެއްވެފައިވާ ގިނަ މީހުންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

މިއަދު ބާއްވަން ތަޢާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާތަކަކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރ.އަތޮޅު ފުށިގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަޙްމަދު ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލާގެ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެކަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ. އަދި އެމައްސަލައިގެ އިސްތިއުނާފްގެ ޝަރިޢަތްތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ. އެމައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުމެވެ. މިމައްސަލައިގެ ހުކުމް މިއަދާއި ހަމަޔަށްވެސް ހުކުމްކޮށްފައި ނުވާއިރު، ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.