ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 11:50
0

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްރާރުވެއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މަސައްކަތް ފެށުމަށް ޓަކައި މިމަހުގެ 4 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ. މި މަޝްރޫއަށް ޖުމްލަ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ 32 މިލިއަން ރުފިޔާއެވެ.

ޕްލޭނިން މިނިސްޓްރީ އިން ވިދާޅުވީ، މި މަޝްރޫގެ ދަށުން 204 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި، 266 މީޓަރުގެ އެއްގަމު ތޮއްޓަކާއި، ދެ ނެރުބައްތިއާއި، 14 ބަނދަރު ބައްތިއާއި، 1330 މީޓަރުގެ ޕޭމަންޓަކާއި، 12 މޫރިންގ ބޮލޮކާއި، 4645 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 160 މީޓަރުގެ ރިވެޓުމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2019 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.