"ސޯނާ" ގެ ހިއްސާ ޕްރިޔަންކާ ދޫކޮށްލައިފި

"ސޯނާ" ގެ ހިއްސާ ޕްރިޔަންކާ ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
20 އޮގަސްޓް 2023 02:05
0

ހޮލީވުޑް އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހިއްސާވެގެން އެމެރިކާގެ ނިއު ޔޯކްގައި "ސޯނާ" ގެ ނަމުގައި ހިންގަމުން އައި ރެސްޓޯރަންޓްގެ ހިއްސާ އޭނަ ދޫކޮށްލައިފި އެވެ.

އާންމުގެ މެދުގައި ވަރަށް މަގުބޫލު ރެސްޓޯރެންޓެއް ކަމުގައިވާ "ސޯނާ" އަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓް ޕްރިޔަންކާ ވަނީ ވަރަށް ބޮޑަށް ޕްރޮމޯޓް ވެސް ކޮށްފައިއެވެ.

އަދި ހަމަ އެއާއި އެކުގައި ބޮލީވުޑްގެ ގިން ތަރިންތަކެއް ވަނީ މި ރެސްޓޯރެންޓް އިން ކެއުމަށް އިންސާފުވެސް ކޮށްފައިއެވެ. ވަރަށް ފެންސީކޮށް ތައްޔާރު ކުރާ މި ރެސްޓޯރެންޓް އަކީ ވަރަށް ބޮޑަށް މަޝްހޫރު ރެސްޓޯރެންޓެކެވެ.

 

View this post on Instagram

 

A post shared by SONA (@sonanewyork)

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މި ރެސްޓޯރަންޓަކީ މަޝްހޫރު ޝެފެއް ކަމަށްވާ މަނީޝް ކޭ ގޯޝްއާ ހިއްސާވެގެން ޕްރިޔަންކާ ހިންގަމުން އައި ތަނެކެވެ. އެ ވިޔަފާރީގައި އޮތް ހިއްސާ ޕްރިޔަންކާ ދޫކޮށްލައިވާކަން އެތަނުގެ މެނޭޖްމަންޓުން މީޑިއާތަކަށް ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ. އަމިއްލަ އެހެން ކަންކަމަށް ފޯކަސްކުރަން އޭނަ ރެސްޓޯރެންޓްގެ ހިއްސާ ދޫކޮށްލި ނަމަވެސް ޕްރިޔަންކާ އަކީ އަބަދު ވެސް "ސޯނާ" އާއިލާގެ މެމްބަރެއް ކަމަށް މެނޭޖަރު ބުންޏެވެ.

 

View this post on Instagram

 

A post shared by SONA (@sonanewyork)

މިހާރު ނިއުޔޯކް ގައ ދިރިއުޅެމުން އަންނަ ޕްރިޔަންކާ އަކީ އެމެރިކާގެ ލަވަ ކިއުންތެރިއާ ނިކް ޖޯނަސް ގެ އަންހެނުންނެވެ. އަދި އެދެމީހުން ނަށް ވަނީ 2022 ވަނަ އަހަރުގައި އަންހެން ކުއްޖަކުވެސް ލިބިފައިއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.