2016 ވަނަ އަހަރު "އެމް އެސް ސޯނީ" އިން ބޮލީވުޑް އަށް ތައާރަފް ވި ބަތަލާ ދިޝާ ޕަޓަނީ ވީޑިއޯ ލަވައެއް ޑައިރެކްޓުކޮށްފި އެވެ.
"ބާގީ 2″ އާއި "މަލަންގް" އާއި "ރާދޭ" އާއި "އޭކް ވިލަން ރިޓާންސް" ފަދަ ފިލްމުތައް ކުޅެފައިވާ 32 އަހަރުގެ ބަތަލާގެ ފުރަތަމަ ޑައިރެކްޝަނަކީ އަމިއްލަ އަށް ކުޅެފައިވާ ވީޑިއޯ ލަވައެކެވެ. ލަވައިގެ ނަމަކީ "ކިޔު ކަރޫ ފިކަރު"އެވެ.
"ކިޔު ކަރޫ ފިކަރު" ކިޔާ އެ ލަވައިގެ ޓީޒާއެއް ވެސް މިހާރު ވަނީ ނެރެފަ އެވެ. މިއީ ދިޝާ ޑައިރެކްޝަންގެ މަސައްކަތްކުރާ ވެސް ފުރަތަމަ ފަހަރެވެ. އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ވީޑިއޯ ލަވަ ވަރަށް ހިތްގައިމު ވާނެކަމަށް ބެލެވެއެވެ.
މި ލަވަ ކިޔާފައި ވަނީ "ނާޗު މެރި ރާނީ " އާއި "ޖުގުނޫ" ކަހަލަ މަޝްހޫރު ލަވަތައް ކިޔާފައިވާ ނިކިތާ ގާންދީ އެވެ. ނިކިތާ އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކަކަށް ލަވަ ކިޔާފައިވާ ފަންނާނެކެވެ.
ޑިޝާގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ "ކަލްކީ" އަދި ތަމަޅަ ފިލްމު "ކަންގޫވާ" ހިމެނެ އެވެ.