ނިކް ސްޓޭޖުން ވެއްޓިއްޖެ

ނިކް ސްޓޭޖުން ވެއްޓިއްޖެ

Author
ފާތިމަތު ނާވީ
19 އޮގަސްޓް 2023 07:39
0

ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ އަދި ލަވަކިއުންތެރިއާ ނިކް ޖޯނަސް ހުށައަޅައިދިން ކޮންސެޓެއްގެ ތެރެއިން އޭނާ ލަވަ ކިޔަމުން ދަނިކޮށް ސްޓޭޖް މަތިން ވެއްޓޭ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.

ލަވަ ހުށައަޅައިދެމުން ދަނިކޮށް ސްޓޭޖު މަތިން އަރިއަޅާލައި ވެއްޓުނު ނަމަވެސް ޖޯނަސް ވަނީ ހުއްޓުމެއް ނެތި އޭނާގެ ހުށައެޅުން ކުރިއަށް ގެންގޮސްފަ އެވެ. މި ވީޑިއޯއަކީ މިހާރު ކުރިއަށްދާ ޖޯނަސްގެ މިއުޒިކް ޓުއާގެ ތެރެއިން ބޭއްވި ކޮންސެޓެއްގައި އެ ކޮންސެޓަށް އައި މީހަކު ނަގާފައިވާ ވީޑިއޯ އެކެވެ. ވީޑިއޯއާއި އެކީ ގިނަ ބައެއްގެ ސަމާލުކަން އެއަށް އަންނަނީ ލިބެމުންނެވެ.

ޓްވިޓާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ސްޓޭޖް މަތީގައި ލަވަކިޔަމުން ގޮސް، ސްޓޭޖް ކޮޅާދިމާލުން ފައި ސޮއްސާލައި، ނިކް، 30، ވެއްޓޭ ތަނެވެ. ނަމަވެސް އޭނަ އަމިއްލަ އަށް ތެދުވެން ޕަފޯމްކުރަމުން ސްޓޭޖް މައްޗަށް އަރައިގެން ދުވެފައިވާ ތަން ފެނެ އެވެ.

 

ނިކް އަކީ އޭނަގެ ބޭބެއިންނާ އެކީ "ޖޯނަސް ބްރަދާސް" ގެ ނަމުގައި ބޭންޑެއް ހިންގަމުން އަންނަ ފަންނާކެވެ. ނިކްގެ އިތުރުން ކެވިން ޖޯނަސް އަދި ޖޯ ޖޯނަސް ހިމެނޭ މި ބޭންޑްގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ މެއި މަހުގެ 12 ގައި ނެރުނު "ދި އަލްބަމް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.