ޕާކިސްތާން ގެ މަޝްހޫރު ބަތަލާ މާހިރާ ހާންގެ ދެވަނަ ކައިވެނި އަންނަ މަހުގައި އޮންނާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މާހިރާގެ އާ ބައިވެރިޔަކީ ވިޔަފާވެރިއެއް ކަމަށްވާ ސަލީމް ކަރީމެވެ. އޭނަ އަކީ ޕާކިސްތާންގެ ސްޓާޓަޕެއް ކަމަށްވާ ސިމްޕައިސާގެ ސީއީއޯ އެވެ. އެދެމީހުން ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށް މީޑިއާއިން ވަނިބުނެފައިއެވެ.
ދެވަނަ ކައިވެންޏެއް މާހިރާ ކުރާ އިރުގައި މީގެ ކުރިން އޭނާ ވަނީ ކައިވެންޏެއް ކޮށްފައިއެވެ. އަލީ އަސްކަރީ ކިޔާ މިހާކާއި ކައިވެނި ކޮށް މާހިރާ އަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ. 2007 ވަނަ އަހަރުގައި ކުރި އެކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައިއެވެ.
ފުރަތަމަ ކައިވެނި ރޫޅުނު އިރު، ފިރިހެން ދަރިއަކު ވެސް ހުރި 38 އަހަރުގެ ބަތަލާގެ ދެވަނަ ކައިވެނި އޮންނާނީ އަންނަ މަހު ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ވަކި ތާރީހެއް ހާމަކޮށްފައިއެއް ނުވެއެވެ.
ނަމަވެސް ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިޙާރު ދުވަސްގަނޑެއް ވެފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. އަދި މި ކައިވެނި އޮންނާނީ ވަރަށް ޕްރައިވެންޓް ކޮން ހަމަ އެކަނި ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންގެ ހާޒިރުގައި ކަމަށްވެސް ވެއެވެ.
ޕާކިސްތާންގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ މާހިރާ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ 2016 ގެ ފިލްމު "ރައީސް" ގެ ބަތަލާގެ ރޯލު ކުޅެ ބޮލީވުޑް ޑެބިއުވެސް ހަދައިފައިވާ ބަތަލާގެ ގެ އެންމެ ފަހުގެ ފިލްމަކީ ފަވާދު ޚާނާ އެކީ ކުޅުނު މިދިޔަ އަހަރު "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އެވެ.
މާހިރާގެ ކުރިއަށް އޮތް ފިލްމަކީ "ނީލޯފަރު" އެވެ. އަދި އަންނަ މަހުގެ ތެރޭގައި އޭނަގެ އާ ސިލްސިލާ "ރާޒިއާ" ވެސް ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އެވެ.
One Response
މިކުއްޖާ ތަ މާހިރާ ކައިވެނި ކުރަނީ؟