ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ފިލްމް އަަށް އެކްޓަރު ރަންވީރު ސިންގް ނެގީ 'ޑޮން' ގެ ރޯލަށް ފިޓްވާ އެކްޓަރަކަށްވެފައި އޭނަ އެ ރޯލަށް ވަރަށް މޮޅަށް ދިރުން ގެނެސްދޭނެތީ ކަމަށް ޑައިރެކްޓަރު ފަރުހާން އަޚްތަރު ބުނެފި އެވެ.
ރަންވީރަކީ އޭނަގެ ހުނަރާ މެދު އެއްވެސް މީހަކު ސުވާލު ވެސް އުފައްދާނެ އެކްޓަރެއް ނޫން ކަމަށާއި ރަންވީރަކީ އެއަށް ވުރެ މޮޅު އެކްޓަރެއް ކަމަށް ވެސް ފަރްހާން ވަނީ ބުނެފައިއެވެ. އިތުރަށް ތައުރީފް ކުރަމުން ފަރްހާން ބުނީ އޭނާގެ ހޮވުމާއި މެދުގައި ފަހުރެވިރި ވާހަކަށާއި ރަންވީރަކީ ކޮންމެ ރޯލެއް ދިނަސް އެހާމެ މޮޅަށް އެކްޓު ކުރާ އަދި ފެންވަރު ހުރި އެކްޓަރެއް ކަމަށެވެ.
ފަރްހާން ބުނީ 'ޑޮން' ގެ ރޯލަށް އެންމެ މުހިންމީ ސެލްފް ކޮންފޮޑެންސް ކަމަށާއި އެކަމަށް ރަންވީރަށްވުރެ ވަކިން ރަނގަޅު އެކްޓަރަކު ނެއް ކަމަށެވ. އަދި ރަންވީރް އަކީ 'ޑޮން' ގެ ރޯލަށް ހުރިހާ ޝަރުތެއް ހަމަވާ އެކްޓަރެއް ކަމަށާއި އެ ރޯލު ފުރިހަމައަށް އަދި ވަރަށް މޮޅަށް ރަންވީރު ގެނެސްދޭނެ ކަމުގެ އެއްވެސް ޝައްކެއް ނެއް ކަމަށް ވެސް ފަރުހާން ވަނީ ބުނެފައިއެވެ.
ފަރުހާން ބުނި ގޮތުގައި އަމިތާން ބައްޗަން ކުޅުނު ޑޮން ކެރެކްޓާ ޝާހްރުކް ލައްވައި ކުޅުވަން އުޅުމުން ވެސް ބައެއް މީހުން އެކަމާ ސުވާލު އުފެއްދި ކަމަށެވެ. އެކަމަކު "ޑޮން" ގެ ދެ ފިލްމުން ޝާހްރުކް ޑޮންގެ ގޮތުގައި ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ކަމަށާއި އެހެން ކަމުން މޮޅު އެކްޓަރުންނަށް އެފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ރަންވީރާ އެކީ "ޑޮން 3″ ހަދާ އިރު، މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި 2025 ގަ އެވެ. އަނެއްކޮޅުން ފަރްހާން އާއި ރަންވީރު އެކުގައި ވަނީ ފިލްމް އެއް ވެސް ކުޅެފައިއެވެ. އެއީ 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ. ބޮޑޫ ކާސްޓެއް ހިމެނޭ މި ފިލްމް އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ބެލުންތެރިން ގެ ފަރާތުން ލިބުން ފިލްމްއެކެވެ.
މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި، ޑައިރެކްޓަރު ކަރަން ޖޯހަރްގެ ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ބޮޑު އާމްދަނީ އެއް ހޯދި މި ފިލްމް އަކީ ބޮކްސް އޮފީހުގައި ސުޕްހިޓު ގެ ދަރަޖަ ލިބިފައިވާ ފިލްމްއެކެވެ.