ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ސަލްޓަންޕާކާއި ލޮނުޒިޔާރަތްޕާކު ހުޅުވާ ގަޑިތަކަށް ގެނައި ބަދަލާއެކު ކޮންމެ އާދިއްތަ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް މި ޕާކުތައް ބަންދު ކުރުމަށްވަނީ ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އާ ހަމައަށެވެ. އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
މާލެސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިދުވަހު ޕާކުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ޕާކުތަކުގެ ގަސްގަހާގެއްސައް ބޭސް ޖެހުމަށާއި، ކާނާ ދިނުމަށާއި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތުކޮށް ތަންސާފު ކުރުމުގެ މަސައްކަތް ކުރުމަށެވެ.
ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކުރުމަށްފަހު ކޯވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ޕާކްތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރަންޖެހޭގޮތަށް ކަނޑައެޅުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ