ބިގް ބޮސް އޯޓީޓީ 2 ކާމިޔާބުކުރީ އެލްވިޝް

ބިގް ބޮސް އޯޓީޓީ 2 ކާމިޔާބުކުރީ އެލްވިޝް

Author
ފާތިމަތު ނާވީ
17 އޮގަސްޓް 2023 12:06
0

ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާން ހޯސްޓް ކުރާ ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަން ނުވަތަ "ބިގް ބޮސް އޯޓީޓީ 2″ ޔޫޓިއުބާ އެލްވިޝް ޔާދަވް ކާމިޔާބުކޮށް ޓްރޮފީ އުފުލާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ސީޒަން ފިނާލޭގައި ވާދަ ކުރި ތިން ބައިވެރިންނަނަކީ ޔޫޓިއުބާ އަބީޝޭކް މަލްހާން އާއި ސޯޝަލް މީޑިއާ ގައި ހަރަކާތްތެރިވަ މަނީޝާ ރާނީ ގެ އިތުރުން އެލްވިޝްއެވެ. އެލްވިޝް އަށް ބިގް ބޮސްގެ ޓްރޮފީ ލިބުނީ ދެވަނަ ލިބުނު އަބީޝޭކް މަލްހާން އަށެވެ.

 

View this post on Instagram

 

A post shared by Elvish Raosahab (@elvish_yadav)

މިއަހަރުގެ ޓްރޮފީ ކާމިޔާބު ކުރުމާއެކު އެލްވިޝް ވެފައިވަނީ ވައިލްޑް ކާޑް މެދުވެރިކޮށް ޝޯއަށް ވަދެ ޝޯގެ ޓްރޮފީ އުފުލާލި އެންމެ ފުރަތަަމަ ބައިވެރިޔާ އަށެވެ. އޭނާ ބިގް ބޮސް އާއި ގުޅިފައިވަނީ ޝޯވ ގެނެސްދޭތާ 4 ހަފްތާ ފަހުންނެވެ.

އެލްވިޝް އަށް ޓްރޮޕީ ލިބުމާއި އެކުގައި މީގެ ކުރިން އެޝޯވ ގައި ވާދަކުރި ފަރާތްތަކުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.