ވުލްވްސް އަތުން މޮޅުވެ ޔުނައިޓެޑް ފެށުން ރަނގަޅުކޮށްފި

ވުލްވްސް އަތުން މޮޅުވެ ޔުނައިޓެޑް ފެށުން ރަނގަޅުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2023 12:38
0

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެއެވެ.

މިއީ އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުން ޔުނައިޓެޑު މޮޅުކޮށްދިން ލަނޑު ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ޖެހީ 76 ވަނަ މިނެޓުގައެވެ.

އެއީ ވުލްވްސް އޭރިޔާ ބޭރުން ކެޕްޓަން ބްރޫނޯ ފެނާންޑޭސް ހުރަސްކޮށްދިން ބޯޅައެއް ވެން ބިސާކާ އަށް ލިބުމުން، އޭނާ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ވަރާން ޖެހި ލަނޑެކެވެ. އޭގެ ކުރިން ވެސް ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެ ޓީމުގެ އެންޓޮނީ ދިން ބޯޅައެއް މާކަސް ރަޝްފޯޑު ފޮނުވާލި ނަމަވެސް، އެ ބޯޅަ ހުއްޓުވީ ވުލްވްސްގެ ގޯލް ކީޕަރެވެ. އޭގެ ފަހުން ރަޝްފޯޑު ފޮނުވާލި ބޯޅައެއް ބުލޮކްވީ ވުލްވްސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވިޔަސް، މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ އުންމީދީ ކުޅުމެއް ނޫނެވެ. އެކަމަކު މެޗަށް ފަހު ކޯޝު އެރިކް ޓެން ހާގް ބުނީ ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅުވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.