ޒަމީލްގެ ވެރިކަމެއްގައި ހާހަކަށްވުރެ ކުޑަ އާބާދީތަ އިތުރަށް ތަރައްގީއެއް ނުކުރާނެ

ޒަމީލްގެ ވެރިކަމެއްގައި ހާހަކަށްވުރެ ކުޑަ އާބާދީތަ އިތުރަށް ތަރައްގީއެއް ނުކުރާނެ

Author
ހުސެއިން
14 އޮގަސްޓް 2023 09:47
0

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހަސަން ޒަމީލް އޭނާގެ ވެރިކަމެއްގައި ހާހަކަށްވުރެ ކުޑަ އާބާދީތައް ތަރައްގީ ކުރުމުގެ ބަދަލުގައި ތަރައްގީ ކުރާނީ ބޮޑެތި އާބާދީތައް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމްއިން ގެނެސްދޭ "މެނިފެސްޓޯ" ޕްރޮގްރާމްގައިި ވާހަކަފުޅު ދައްކަވަމުން ޒަމީލް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި އެއް ހަމައެއް ގެންގުޅުނު ނަމަވެސް، އާބާދީގެ ގޮތުން 1،000 އަށްވުރެ ކުޑަ އާބާދީތައް އިތުރަށް ތަރައްގީ ކުރުމަށް ދައުލަތުން ޚަރަދު ނުކުރާނެ ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށެއް އެއްވަރަކަށް އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ވަރަށް ބޮޑުކަމެއް. އަޅުގަނޑު އެއްވަރަކަށްވެސް ނުވިސްނަން ހުރިހާ ރަށްތައް އެއްވަރަކަށް ތަރައްގީ ކުރުމަކަށް. 1000 އައްވުރެ އާބަދީ ގޮތުން ކުޑަ ރަށްރަށަށް ސަރުކާރުން ހަރަދެއް ނުކުރާނަން.

ޕީއެސްއެމްއިން ގެނެސްދިން "މެނިފެސްޓޯ" ޕްރޮގްރާމްގައި ވަހަކަ ދައްކަވަމުން ޒަމީލް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަމީލް ވިދާޅުވީ މާލެއިން ގޯތި ދޫކުރަން ޖެހޭނީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ކަމަށާއި، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް މާލެއިން ގޯތި ލިބޭނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާލޭ ބޭފުޅާ
ބޭފުޅާ ވިސްނަންވީ ޢާއިލާ ގޮވައިގެން އުޅޭނެގޮތް. ވެރިކަމަށް އަރަން ނުވިސްނާ.