ކާތިކް މިއަަހަރު ކައިވެނި ކުރާނެ: ކަރަން

ކާތިކް މިއަަހަރު ކައިވެނި ކުރާނެ: ކަރަން

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2023 03:16
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރްޔަން 2023 އަހަރު ނިމުމުގެ ކުރިން ކައިވެނި ކޮށްފާނެ ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

ދާދި ފަހުން "މެލްބަންގެ އިންޑިއަން ފިލްމް ފެސްޓިވަލްގައި" ވާހަކަ ދައްކަމުން ކަރަން ބުނީ ކާތިކް 2023 ވަނަ އަހަރު ނިމޭއިރު ކައިވެނި ކުރާނެ ކަމަށެވެ. ކަރަން މިފަދައިން ބުނެފައިވަނީ އެ ފެސްޓިވަލްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އެވެ. އެ ޑިސްކަޝަން ގައި ކާތިކް ވެސް ވަނީ ކަރަން އާއި އެކުގައި ބައިވެރި ވެފައިއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

ސަމާސާ ރާގަކަށް ކަރަން ބުނެފައިވަނީ ކާތިކް ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށާއި އެއީ ބޮލީވުޑްގެ ބޮޑު ކައިވެންޏަކަށް ވާނެ ކަމަށެވެ. ނަމަވެސް ކާތިކް އެކަމަށް ހިނިގަނޑަކުން ރައްދު ދިން ނަމަވެސް ފޭނުން އަންނަނީ އެކަން ސީރިއަސްކޮށް ނަގަމުންނެވެ.

ކާތިކްއާއި ކަރަން އެއް ސްޓޭޖެއްގެ މަތިން ފެނިފައި މިވަނީ އެ ދެމީހުންގެ މެދުގައި މައްސަލަތަކެއް އުޅޭކަމަށް ހަބަރުތައް ބުނެފައިވަނިކޮށެވެ. އަދި އެ މައްސަލަ ޖެހި ދެމީހުންގެ މެދުގައި ފިނި ހަނގުރާމަށް ވެސް ކުރިއަށް ދިއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކް އާރްޔަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކިއާރާ އަދްވާނީއާއެކު މިއަހަރު ނުކުތް "ސަތުޔާ ޕްރޭމް ކީ ކަތާ" އިންނެވެ. މީ ދެތަރިން އެކުގައި ފެނިގެންދިއަ 2 ވަނަ ފިލްމްއެކެވެ. އަދި މި ފިލްމް އަކީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއްވެސް ލިބުނު ފިލްމްއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.