އެންމެ ބޮޑު އިންސްޕިރޭޝަނަކީ ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.
ކަރިޝްމާ އަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު އެއް ބަތަލާއެވެ. މިހާތަނަށް ގިން ފިލްމް ތަކަކުން ބަތަލާ ވަނީ ފެނިގެން ގޮސްފައިއެވެ. އަދި އޭނާ އަކީ ވަރަށް ކާމިޔާބު ބަތަލާއެކެވެ.
24 އަހަރުގެ ބަތަލާ މިފަހުން މީޑީއާ އާއި ވާހަކަ ދައްކަމުން ބުނީ އޭނަ ބޮޑުވަމުން އައި ދުވަސްވަރު އެންމެ ގިނައިން ބެލުނީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ ދައްތަ، ކަރިޝްމާގެ ފިލްމުތައް ކަމަށެވެ. އަދި ކަރިޝްމާ އަކީ ވަރަށް މޮޅު އަދި އެހާމެ ކުޅަދާނާ ބަތަލާއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ކަރިޝްމާ އަކީ އަބަދުވެސް ވަރަށް ކަމުދާ ބަތަލާއެއް ކަމަށާއި ހަމަ އެކަނި ކަމުދަނީ ކަރިޝްމާ ގެ އެކްޓިންގ ނޫން ކަމަށާއި އޭނާގެ ސްޓައިލް ހާއްސަ ކޮން ހެދުން އެޅުން އެއީ ވަރަށް ކަމުދާ ކަމެއް ކަމަށް އަންނަނިޔާ ވަނީ ބުނެފައިއެވެ.
އަނަންޔާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 25 ގައި ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް" އެވެ. މީ ބެލުންތެރިން ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ