ޖަޔާ އަށް ޖަލު ހުކުމެއް!

ޖަޔާ އަށް ޖަލު ހުކުމެއް!

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2023 08:28
0

އިންޑިއާގެ ކުރީގެ ބަތަލާ ޖަޔާ ޕްރަދާގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމަކާ އެކީ 5،000 ރުޕީސްގެ ޖޫރިމަނާއެއް ދައްކަން ހުކުމްކޮށްފި އެވެ.

އޭނާގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ އޭނާ ހިންގަމުން އައި ސިނަމާއެއް ބަންދުކުރި އިރު އެތަނުގެ މުވައްޒަފުންގެ އިންޝުއަރެންސަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި ޖާޔާގެ އިތުރުން އޭނާ ގެ މި ވިޔަފާރީގެ ޕާޓުނަރުން ކަމުގައިވާ ރާމް ކުމާރާއި ރާޖާ ބާބޫ ކިޔާ މީހަކަށް ވެސް ދައުވާކޮށް، ކުށް ސާބިތުވެ ހުކުމް އިއްވާފައިވެ އެވެ.

 

View this post on Instagram

 

A post shared by Jaya Prada (@jayapradaofficial)

ޖަޔާ އަކީ 70 ގެ ފަހުކޮޅުން ފެށިގެން 90 އަހަރުތަކާ ހަމައަށް ފިލްމީ މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވުނު ބަތަލާއެކެވެ. އޭގެ އިތުރުން 61 އަހަރުގެ ބަތަލާ ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.