އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދި އެއްވެސް ޕާޓީއެއްގެ ލީޑަރަކު ފަޅެއް ނުވަތަ ރަށެއް ބޭނުންވެގެން ނޫޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. ކުޑަފަރީގައި މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީއާ އެކުގައި މިފަހަރު ކޯލިޝަން ހެދީ އެމްޑީއޭ އާއި އަދާލަތު ޕާޓީންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުޑަފަރީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ކޯލިޝަނަކީ ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އަދި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ލީޑަޝިޕް އޮތް ކޯލިޝަން ކަމަށެވެ.
އޭގެ ފަހުގައި، ރައީސް މިސާލު ދެއްކެވީ އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސިޔާސީ ތަޖުރިބާއިންނެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ސިޔާމް ވަނީ މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ހަތަރު އިންތިހާބެއް ކާމިޔާބުކޮށްފައެވެ. ކޮންމެ ފަހަރަކު ރައްޔިތުން ކައިރި އަށް ވަޑައިގަންނަވައި ރައްޔިތުން ދައްކާ ވާހަކަ އަޑު އައްސަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަސްލަމްގެ ނަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަސްލަމަކީ 20 އަހަރު މަޖިލިހުގައި ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އަސްލަމަކީ ވެސް ރައްޔިތުންނާ ގަވައިދުން ބައްދަލު ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލިސް ފަސް އިންތިހާބަކާއި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެއްވުމަށް ފަހު. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މެދުނުކެނޑި 30 އަހަރު އަޅުގަނޑު މި ހޭދަ ކުރަނީ. އެހެންވެ މި ދަންނަވަނީ ހަމައެކަނި ތިން މީހުންނަށް ބަލާލި ނަމަވެސް ރައްޔިތުން ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ކޯލިޝަނަކީ މިއީ." ސިޔާމާއި އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެބޭފުޅޫންގެ އަމިއްލަ އެދުމެއް، ބޭނުންވާ އެއްޗެއް ވެސް ނެތް ކަމަށެވެ.
"ސިޔާމް މެން ބޭނުން ނުވޭ ރަށެއް، ފަޅެއް، ފުދިފައި ހުންނެވީ. އަދާލަތު ޕާޓީ މިތިއްބެވީ ހަމަ އެގޮތަށް ތިއްބެވީ. މި ކޯލިޝަންގައި ނެތް ފަޅެއްގެ ބޭނުމުގައި ރަށެއްގެ ބޭނުމުގައި ނޫނީ ސަރުކާރަށް ދައްކަން އޮތް ފައިސާއެއް މާފް ކުރަން އެދޭނެ އެއްވެސް މީހެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާއި ސިޔާސީ ލީޑަރުންގެ އޮތީ އެންމެ މަގްސަދެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.
"ފަށާފައި އޮތް މަސައްކަތްތައް ނިންމުން. އިތުރަށް ހުރި މަސައްކަތްތައް ފަށައިގެން ނިންމުން. އަޅުގަނޑުމެން މި އަންނަނީ ސިޔާސަތުތައް ހާމަކުރަމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ކުޑަފަރީ އަށް ވެވަޑައިގެންނެވި ވައުދުތައް
– ރޯހައުސް އަޅައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުން.
– ގޯތި އަޅަން ބޭނުންނަމަ %10 އީކުއިޓީއާ އެކު %6 އިންޓްރެސްޓުގައި ލޯނު ދިނުން.
– ސްކޫލަށް ސައިންސް ލެބެއް ހެދުން.
– ތިމާވެއްޓާ ރައްޓެހި ގޮތަށް މަގު ހެދުން.
– އޭޓީއެމްގެ ހިދުމަތް.
– ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށް، އާ އިމާރާތެއް އަޅައި އެ ހިދުމަތް 24 ގަޑިއިރު ދޭން ފެށުން.
– ސާފިން ޕޮއިންޓް ހިމާޔަތް ކުރުން.
2 Responses
ވެރިކަމުގެ ލައްޒަތު ހަމަރަނގަޅަށް ލިބިއްޖެ. ދެން ފުދިއްޖެ.
އެކަމަކުއޮންނަމީ ފަޅުފަޅާ ގިރިގިރިޔާ ހާހަލާ ރަށްތަށްދީފަނު ކޮސްއަގަތަޅަނި ަދިކަޑުތަށްވެސްދީ ހުސްކުރަނީނުތި މީތަރިކަމުދަލެއްނޫނޭ ރާޖޭގެއެއްމެހާ ރަށްޔިތުންގެހައްގެކޭމީ އަދިއެއޮން ޮޑު ިޔަދަރައްޏޯ ގިޔާމަތަވާއިރު ެސް ހިޔެއްނުވެއަދާ ާނެހެނެއް އަދިވެސް ވެރިކަމުގެދަހިވެތިކަމުގާ އަދިވެސްދަރާގެ މަސްރޫއުތަށްހަދަށްތިކިޔަނި ދަރައްޏޭ ބޮޑޮދަރައްޏޭ ބޮޑުބިޔަދަރައްޏޭ ސަހަރޯ