"ޚިދުމަތްތެރިންގެ މަސައްކަތަކީ ފައިސާއިން އަގުވަޒަންކުރެވޭނެ މަސައްކަތެއް ނޫން"

"ޚިދުމަތްތެރިންގެ މަސައްކަތަކީ ފައިސާއިން އަގުވަޒަންކުރެވޭނެ މަސައްކަތެއް ނޫން"

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2020 09:52
0

ކޯވިޑް19 އާއި ގުޅިގެން އަމިއްލަ އިސްނެގުމާއިއެކު ދިވެހި ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތްތަކަކީ، ބުނެވޭ ވަހަކުން ނުވަތަ ފައިސާއިން އަގުވަޒަންކުރެވޭނެ މަސައްކަތެއް ނޫނެވެ. އެއްވެސް ވަރުބަލި ކަމެއް އަރާމެއްނެތި ފާއިތުވެގެން މިދާ 8 މަސް ދުވަހުގެތެރޭގައި ޚިދުމަތްތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޝުކުރު ހައްގު މަސައްކަތެކެވެ.

އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ތިމާގެ ފުރާނައަށްވުރެ އަނެކާގެ ފުރާނަ އިސްކޮށް ދެމުންދިޔަ ޚިދުމަތާއި، ބަހައްޓމުންދާ އޯގާތެރިކަމަކީ ނަމޫނާ މަސައްކަތްތަކެކެވެ. ދަރުމައަށް އެދިގެން މަސައްކަތްކުރާ "ދަރުމަވެރިންްގެ ދުވަސް" ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަން ނިންމީ، އެކުވެރި ދަޢުލަތްތަކުގެ ޖަމިއްޔާ އދ.ގެ އިސްނެގުމުގެ ދަށުން 17 ޑިސެމްބަރު 1985 ގައެވެ. އޭގެފަހުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްޙީ ބޮޑު ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ވޮލެންޓިއަރުން ކެނޑިނޭޅި 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގައި އެބޭފުޅުން ގުރުބާން ވަމުންދަނީ ޤައުމާއި ރައްޔިތުންނަށް ޓަކައެވެ. ލިބޭ އާމްދަނީއަށް ބެލުމެއްނެތި މުޖުތަމައުގެ ރައްކާތެރިކަމާއި، މަސްލަހަތަށެވެ.

ރާއްޖޭގައި ދަރުމައަށް އެދިގެން މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތަކީ "ދިވެހި ރެޑް ކްރެސެންޓް"އެވެ. ސުނާމީއަށްފަހު ޤާނޫނެއްގެ ދަށުން އުފެއްދި މި ޖަމިއްޔާއަކީ އެކި ހާދިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އުފެއްދި ޖަމިއްޔާއެކެވެ. ޖަމިއްޔާގައި 2000 އަށްވުރެ ގިނަ ދަރުމަވެރިން މަސައްކަތްކުރާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖަމިއްޔާގެ 10 ގޮތްޕާއި، 20 ޔުނިޓް ހިމެނެއެވެ.

މި ޖަމްއިއްޔާގެ އިތުރުން ދިވެހި ސްކައުޓުންނާއި، ގާލް ގައިޑުންނާއި، މިނޫންވެސް އެތަކެއް މަދަނީ ޖަމްއިއްޔާއަކުން ދަނީ ކޯވިޑްގައި ދިވެހި ރައްޔިތުންނަށް އެއްވެސް ވަރުބަލިކަމެއްނެތި ހިދުމަތް ފޯރުކޮށް ދެއްވަމުންނެވެ. ފޯނު ކޯލުތަކަށް ޖަވާބު ދެއްވުމާއި، ސާމްޕަލް ނެގުމާއި، ބަލި މީހުންނާއި ފަރުވާ ދިނުމާއި، ފެސިލިޓީތައް ބެލެހެއްޓުމާއި، ބަލި މީހުންނަށް ފަރުވާ ދިނުމަކީ ކޮންމެ ދުވަހަކު މިބޭފުޅުން ކޮށްދެއްވަމުންދާ ޚިދުމަތްތެކެވެ. މި ބޭފުޅުންގެ ޚިދުމަތަކީ މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް އުފަލާއިއެކު ބަލައި ގަންނަ ޚިދުމަތަށް މިއަދު ވަނީ ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.