ޕާކިސްތާންގެ މަޝްހޫރު ބަތަލާ އޭމަން ހާން އަށް ދެވަނަ ދަރިފުޅު ލިބިއްޖެއެވެ.
ރަސްމީކޮށް މުޅި ދުނިޔެއާ ހިއްސާކުރީ އައިމަންގެ ޓްވިން ކޮއްކޮ މިނާލް ޚާން މިހަބަރު ވަނީ ހިއްސާ ކޮށްފައިއެވެ. އޭނާ މިހަބަރު ހިއްސާ ކުރި އިރުގައި މިނާލް މިހާރު އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ.
އުފާވެރިކަން ދައްކުވައިދޭ އިއުލާނެއްގައި ބުނެފައިވަނީ އެމީހުންގެ އާއިލާއަށް އެންމެ އަލަށް އިތުރުވީ ތުއްތު ތުއްތު އަންހެނއް ކުއްޖެއްގެ ނަން ކަމަށެވެ. އަދި އެ ކުއްޖާގެ ނަމަކީ މިރާލް ކަމަށެވެ. އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭމަން އަށް ދެވަނަ ދަރިފުޅު ލިބިފައިވާ އިރުގައި މީގެ ކުރިންވެސް އޭނާ އަށް ވަނީ ކުއްޖަކު ލިބިފައިއެވެ.
އޭމަން އާއި އެކްޓަރު މުނީބް ބަޓް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގައިއެވެ. އެދެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހުގައިއެވެ.
ކޮމެންޓު ފޮނުވާ