ބަލިވެއިނދެ ފަސް ވަނަ މަހުގައި ބައިގެންދިއައީ: ރާނީ

ބަލިވެއިނދެ ފަސް ވަނަ މަހުގައި ބައިގެންދިއައީ: ރާނީ

Author
ފާތިމަތު ނާވީ
12 އޮގަސްޓް 2023 08:58
0

2020 ވަނަ އަހަރުގެ ތެރޭގައި ބަލިވެ އިން ކަމަށާއި ނަމަވެސް ބަނޑަށް ފަސް މަހުގައި ބައިގެން ދިއަ ކަމަށް ބަތަލާ ރާނީ މުކަރުޖީ ބުނެފިއެވެ.

45 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނަ ދެވަނަ ދަރިފުޅަށް ބަލިވެއިނދެ ބައިގެން ދިއުމުން ވަރަށް ފުން ހިތާމައަކާ ކުރިމަތިލާން ޖެހުނު ކަމަށްށެވެ. އަދި އެއީ ކޮންމެ މީހަކަށްވެސް ކުރިމަތި ވާނެ ވަރަށް ހިތާމަވެރި ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

މިއަދު އޮސްޓްރޭލިއާގައި ފެށި މި މި އަހަރުގެ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ތެރެއިން ކުރިއަށް ގެންދިޔަ މާސްޓަކްލާހުގައި މި ވާހަކަ ހިއްސާކުރަމުން އޭނަ ބުނީ މިވާހަކަ ދައްކާ މީ ފުރަތަމަ ފަހަރު ކަމަށެވެ.

ރާނީ އަކީ އޭނާގެ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ވަރަށް ކާމިޔާބު ބަތަލާއެކެވެ. އަދި އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ބަތަލާ އެއްވެސް މެއެވެ.

ރާނީ އާއި ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ކައިވެނި ކުރީ 2014 ވަނަ އަހަރުގައިއެވެ. އެ މީހުންގެ ފުރަތަމަ ދަރިފުޅު އަދީރާ އަށް މިހާރު 8 އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.