ހޮނިހިރު ދުވަހު ޑރ. މުއިއްޒުގެ ކެމްޕޭނުން އަތޮޅުތަކަށް ދަތުރުތައް ފަށަނީ

ހޮނިހިރު ދުވަހު ޑރ. މުއިއްޒުގެ ކެމްޕޭނުން އަތޮޅުތަކަށް ދަތުރުތައް ފަށަނީ

އަންނަ ހޮނިހިރު ދުވަހު ޑރ. މުއިއްޒުގެ ކެންޕޭނުން އަތޮޅުތަކަށް ދަތުރުތައް ފެށުމަށް ހަމަޖައްސައިފިއެވެ.

މާލޭގައި ޑރ. މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭއް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވީ ރާއްޖޭގެ 20 އަތޮޅަށް ހޮނިހިރު ދުވަހު ޑރ. މުއިއްޒުގެ ކެމްޕޭން ޓީމުތައް ފުރާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގައި ކެމްޕޭން ޕީޕީއެމް/ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުާމިޔާބު ކުރައްވާނެ ކަމަށްވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ކުރިޔަށްދާ ކެމްޕޭންގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީންއެވެ.

އިދިކޮޅު ކެމްޕޭންގެ ދަތުރުތައް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޑރ. މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ރޭ މާލޭގައި ވަނީ ހުޅުވާފައެވެ. ޑރ. މުއިއްޒުގެ ކެމްޕޭން މައި ޖަގަހަ ހުޅުވާފައިވަނީ ހެންވޭރުގައި ހުންނަ ސްކައި ވިއުގެ ތިރީގައެވެ.

ރޭ ޑރ. މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުވެސް ވާހަކަ ދެއްކެވިއެވެ. ޑރ. މުއިއްޒުގެ ވާހަފުޅުގައި އޭނާވަނީ، ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާފައެވެ.

ރޭގެ ކެމްޕޭން ޖަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ. ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށްފަހު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ، ރައީސް ޔާމިން މިނިވަންކުރުމަށް މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަމަށްވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު ތަންފީޒު ކުރައްވާނީ ރައީސް ޔާމިންގެ ތަރައްގީގެ ސިޔާސަތުކަމަށާއި، ރާއްޖެ ދެންވެސް ތަރައްގީވެގެންދާނީ އެ ސިޔާސަތު ތަންފީޒު ކޮށްގެން ކަމުގައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *