ލީޑް ރޯލުތަށް ނުލިބޭތީ މާޔޫސްވޭ: ނޯރާ

ލީޑް ރޯލުތަށް ނުލިބޭތީ މާޔޫސްވޭ: ނޯރާ

Author
ފާތިމަތު ނާވީ
10 އޮގަސްޓް 2023 08:26
0

އާންމުންގެ މެދުގައި އޭނާ ކިތަންމެ މަޝްހޫރު ނަމަވެސް ބޮލީވުޑްގެ ފިލްމުތަކުން ލީޑް ރޯލު ނުލިބޭތީ މާޔޫސްވާ ކަމަށް ނޯރާ ފަތުހީ ބުނެފި އެވެ.

އައިޓަމް ލަވަތަކުން ނެށުމުގެ ކުޅަދާނަކަން ދައްކައިލައިފާ އަދި ބެލުންތެރިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަކާ ބުނީ ފިލްމް ތަކުގެ ލީޑުން އޭނާ އަށް ފުރުސަތު ނުލިބެނީ ކީތްވެކަން ނޭގޭކަމަށެވެ. އަދި އެކަމާއި ވަރަށް ދެރަވާކަމަށާއި މާޔޫސްވާ ކަމަށް ވެސް ބުނެފައިއެވެ.

31 އަހަރުގެ ބަތަލާ އާންމުގެ މެދުގައި އެންމެ މަގުބޫލު ވެގެން ދިއައީ "ދިލްބަރް" ލަވައިނެނެވެ. އެއާއި އެކުގައި ނޯރާ ވަރަށް ވަރަށް ބޮޑަށް މަގުބޫލުވެގެން ގޮސް ވަނީ ގިނަ ފިލްމް ތަކެއްގައި 'އައިޓަމް ސޯން' ކުޅެފައިއެވެ.

ނިއުސް 18ގައި އިތުރަށް ވާހަކަ ދައްކަމުން ނޯރާ ބުނީ މިހާރު ބޮލީވުޑްގެ ނަން ކިޔާ ބޮޑެތި ފިލްމް ތަކުން ފުރުސަތު ލިބެމުން އަންނަނީ އެންމެ ހަތަރު ވަރަކަށް ބަތަލާއިންނަން ކަމަށެވެ. އަދި އެމީހުންނަށް ވަރަށް ބައިވަރު އޮފާތަށް އޮތްކަމަށް ބުނެ އޭނާ ވަނީ ޝަކުވާ ކޮށްފައިއެވެ. ނަމަވެސް އެބަތަލާއިން ގެ ނަމެއް އޭނާ ހާމަ ކޮށްފައިއެއް ނުވެއެވެ.

"ދިލްބަރް" އާއި "އޯ ސާކީ ސާކީ" އާއި "ގަރުމީ" އާއި "ކުސޫ ކުސޫ" ކާމިޔާބު ލަވަތަކެއް ކުޅެފައިވާ ބަތަލާ ވަނީ ބައެއް ފިލްމް ތަކުންވެސް ފެނިގެން ގޮސްފައިއެވެ. ނަމަވެސް ފިލްމް ތަކުގައި އޭނާ ފެނިގެން ގޮސްފައިވަނީ ކުދި ކުދި ރޯލުތަކުންނެވެ.

ނޯރާ ފެނިގެން ގޮސްފައިވާ ބައެއް ފިލްމް ތަކުގެ ތެރޭގައި ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި ސަލްމާން ޚާންގެ "ބާރަތު" އާއި ވަރޫން ދަވަންގެ "ސްޓްރީޑް ޑާންސާ" ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.