ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ ކާމިޔާބު ވެބް ސީރީޒް "މޭޑް އިން ހެވަން"ގެ ދެވަނަ ސީޒަން ގެ ޓަރެއިލާ ދައްކާލައިފިއެވެ.
މި ވެބް ސީރީޒް އިން ފެނިގެންދާ އަންހެން ތަރިންގެ ތެރޭގައި ސޮބްހިތާ ދުލިޕަލާ، ކަލްކީ ކޮއިޗްލިން އަދި ޝިވާނީ ރަގޫވަންޝް ހިމެނެއެވެ. ފިރިހެން ތަރިންގެ ތެރޭގައި ޖިމް ސާރބް، ޝަޝާންކް އަރޯރާ އަދި އަރުޖުން މަތުރު ހިމެނެއެވެ.
"މޭޑް އިން ހެވަން" އަކީ އިންޑިއާގައި ވެޑިން ޕްލޭނިންގެ ކަންކަން ކޮށްދޭ ބައެއްގެ ވިޔަފާރި އާއި އާންމު ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް ދައްކާ ސީރީޒެކެވެ. މި ސީރީޒް ޕްރޮޑިއުސް ކޮށްފައިވަނީ ރިތޭޝް ސިދްވާނީ އާއި ފަރްޚާން އަޚްތަރު އެވެ.
އެމެޒަން ޕްރައިމް ވީޑިއޯ އިން ޕްރޮޑިއުސްކުރާ މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2019 ވަނަ އަހަރު އެވެ. މި ވެބް ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ ޒޯޔާގެ އިތުރުން ނިތްޔާ މެހްރާ، ޕްރަޝާންތް ނެއިރް އަދި އަލަންކްރިތާ ޝްރިވާސްތަވާއެވެ.
ކޮމެންޓު ފޮނުވާ