"ކަޅަކި" ގައި ދައްކާނީ ބަޔަކަށް ކުރިމަތިވާ ބިރުވެރި ކަންތަށްތަކެއް

"ކަޅަކި" ގައި ދައްކާނީ ބަޔަކަށް ކުރިމަތިވާ ބިރުވެރި ކަންތަށްތަކެއް

މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ‘ނިއުޒޯ ފިލްމްސް’ އިން އުފައްދާ ފިލްމް "ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށްދާ ގްރޫޕަކަށް އެ މީހުން ގޮސް ތިބޭ ތަނުން ދިމާވާ އާދަޔާހިލާފު ބިރުވެރި ހާދިސާތަކެ ކަމަށް ފިލްމް ގެ ލީޑުން ފެނިގެންދާ އެއްތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފިއެވެ.

ޔޫއްޕެ އަކީ ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅެފައިވާ ފިލްމްގެ ޕްލޮޓްގެ ހުލާސާއެއް އިއްޔެ މި ވަނީ ހިއްސާކޮށްފަ އެވެެ. ފޭސްބުކް ގައި ޔޫއްޕެ ކުރި ޕޯސްޓުގައި ބުނެފައިވަނީ ގްރާޕަކަށް ދިމާވާ ބިރުވެރި ކަންތަށްތަކެއްގެ ސަބަބުން އެމީހުންގެ ޗުއްޓީ ހަރާބުވެ، އޭގެ އުފާވެރިކަން ގެއްލި ދާނެ ކަމަށެވެ.

މި ފިލްމު ޝޫޓްކޮށްފައި ވަނީ ސްރީ ލަންކާގަ އެވެ. "ކަޅަކި" ގެ ޓީޒާއެއް ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްފަ އެވެ. މި ފިލްމް އަކީ މިއަހަރުގެ އޮކްޓޯބަރު މަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. ނަމަވެސް ތާރީހެއް އަދި އިއުލާނެއް ކޮށްފައިއެއް ނުވެއެވެ.

ބިރުވެރި ފިލްމު "ކަޅަކި" ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރަނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)އެވެ. ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *