އިލްޔާސްގެ ރަނިން މޭޓަކަށް ޢަމްރު!

އިލްޔާސްގެ ރަނިން މޭޓަކަށް ޢަމްރު!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް، އިލްޔާސް ލަބީބްގެ ރަނިންގ މޭޓަކަށް ހުސެއިން އަމްރު ހަމަޖައްސައިފިއެވެ.

އިލްޔާސްގެ ރަނިންގ މޭޓަކަށް އަމްރު ހަމަޖައްސެއްވިކަން އިއުލާންކުރެއްވީ މިއަދުއެވެ. ދަ ޑިމޮކްރެޓްސްއިން ބުނީ ކެނޑިޑެސީ ފޯމު މެންދުރުފަހު 1 ޖަހާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށެވެ.

ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެނޑިޑޭޓް ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބްގެ ރަނިންމޭޓަކަށް ހަމަޖެއްސި ހުސެއިން އަމްރު ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން އަދާކުރައްވާފައެވެ. އަދި މިއަހަރުގެ މާޗުމަހު އެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ދަ ޑިމޮކްރަޓްސްއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓިއެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިންގ މޭޓް އިއުލާންކޮށްފައި ނުވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން ފާރިސް މައުމޫނުގެ އިތުރުން ޑރ މުހައްމަދު މުނައްވަރު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މަދަމާ 14:00އަށް ހަމަވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *