ދައުލަތުގެ މީޑިއާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކަރަންޓު ކަނޑާލައިފި

ދައުލަތުގެ މީޑިއާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކަރަންޓު ކަނޑާލައިފި

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2023 11:36
0

ދައުލަތުގެ މީޑިއާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކަރަންޓު ކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގެ ހާދިސާ ހިނގާފައިވަނީ ޓީވީގެ އިކުއިޕްމެންޓް ރޫމް ކައިރީގައި ހުރި ސާވާތައް ބަހައްޓާފައި ހުރި ތަނުގަައެވެ. މިހާދިސާގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިންގެ ފަޔާ ވެހިކަލްވެސް ގޮސް ހަރަކާތްތެރި ވެފައިވެއެވެ.

އަލިފާން ރޯވުމާއި ގުޅިގެން ޓީވީގެ ހުރިހާ ޗެނަލަކުން ވަނީ ޚިދުމަތް ކަނޑާލާފައެވެ.

މިހާދިސާއާއި ގުޅިގެން ދައުލަތުގެ މީޑިއަގެ ޗެނަލްތަކަށް އަރުވާފައިވާ ލިޔުމުގައި ވަނީ ޓެކްނިކަލް މަސައްކަތެއް ކުރާތީ މިވަގުތު ޚިދުމަތް މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް މިއީ ބޮޑު އޮޅުވާލުމެއްކަން ފަހުން ވަނީ ހާމަވެފައެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިންވެސް އަދި ދައުލަތުގެ މީޑިއާއިންވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.