ރާއްޖޭގައި ޑްރަގުގެ ބޮޑެތި ޑީލަރުންގެ ގޮތުގައި ފާހަގަވާ މީހުންނާއި، އަދި އެވިޔަފާރީގައި އުޅޭ މީހުން ދޫކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި، ޝަރީއަތުގެ މަރުހަލާގައި ތިބި ބައެއް މީހުން ދޫކުރަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ޝައިޚު ޒައިދު ވިދާޅުވީ މިފަދަ މީހުން މުޖުތަމައަށް އަލުން ދޫވެގެން ދިއުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ނުބައެއް ކަމަށް ޝައިޚު ވަނީ ވިދާޅުވެފައެވެ.
Drug dealerun dhookurumaky hedhey v bodu goaheh! Adhi v bodu nubaeh ves me'!
— Ali Zaid (@alizaid1000) December 5, 2020
ކްރިމިނަލް ކޯޓުންވަނީ ދާދިފަހުން އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފައެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވަނީ5 ގަޑިއިރަށް ދިގު ދެމިގެންދިޔަ ޝަރީއަތުގައި އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ފަދަ އެއްވެސް ސަބަބެއް ދައުލަތަށް ނުދެއްކުމުންނެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލާގައި މި ފަސްމީހުން ދޫކޮށްލާފައިވަނީ ދައުވާ ކުރުމަށްވެސް ހުށަހަޅާފައި ވަނިކޮށްކަމަށެވެ. މިމައްސަލައިގެ އިތުރުން ޑޮރަގުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާމީހަކުވެސް ވަނީ ދާދި ފަހުން ދޫކޮށްލާފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރުޢީ މަރުހަލާގައި މިނިވަންވުމަކީ ގިނަބައެއްގެ ކަންބޮޑުވުން އުފެދިފައިވާ އަދި ހައްލު ލިބިފައިނުވާ މައްސަލައެކެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމުގެ މަސައްކަތްވެސް ފެށިއެވެ. ނަމަވެސް އެކި އިދާރާތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން އެއޮޕަރޭޝަން ފުލުހުން މިހާރުވަނީ މެދުކަނޑާލާފައެވެ.
ކޮމެންޓު ފޮނުވާ