ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މަސައްކަތް ހޯމަ ދުވަހަށް ނިންމުމަށްޓަކައި މާދަމާ ހަވީރު 4:30 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ ހަވީރު ބާއްވާ ޖަލްސާއަކީ ކުރު ޖަލްސާއެއް ކަމަށް ބެލެވެއެވެ. ހަވީރު ބާއްވާ މިޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ މުޅިންވެސް ކޮމިޓީ ރިޕޯޓު ތަކެވެ. މިގޮތުން 8 ކޮމެޓީ ރިޕޯޓް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. މާދަމާ ބާއްވާ ޖަލްސާގައި މިހުރިހާ ރިޕޯޓްތަކެއްވެސް މާދަމާ ވޯޓަށް އަހައި ފާސްކުރާނެ ކަމަށް ބެލެވެއެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކޮމެޓީ ރިޕޯޓްތައް:
– ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ޤުނުއުމުގެ ބިން، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް
– ދިވެހިރާއްޖޭގެ އިދާރީ ދާއިރާތެއް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާހު ޤަނުއުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް
– މ.އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަން ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖުކުރަމުންދިޔަ މައްސަލަ، ސަލާމަތީ ހިދުމަތާތުކާބެހޭ ކޮމިޓީން ދިރާސްކޮށް ނިންމިގޮތުގެ ރިޕޯޓް
– 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބާލައިގަތް މައްސަލަތައް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސްކޮށް ނިންމިގޮތުގެ ރިޕޯޓް
– ރ.މީދޫ، ހުސްނުހީންގެ އަހުމަދު އަނީސްއަށް ފުލުހުން އެނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިތްމިގޮތުގެ ރިޕޯޓް
– އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރަސާކޮށް ނިންމި ގޮތުގެ ރިޕޯޓް
– މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދެއްވި މައުލޫމާތަކީ ސައްޚަ މައުލޫމާތެއް ނޫންކަމަށް 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑާ-19 އާގެޅޭ ޚަރަދުތަކުގެ ކޮމްޕްލަނަންސް އޮޑިޓް ރިޕޯޓް” ގައި ބަޔާންކޮށްފައިވާތީ، މަޖިލީހުގެ އިމްތިޔާޒާއި ގުޅޭ އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް
– ޢާންމު ޤަވާއިދު ތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 ކުދި 2 ގައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ މައްސަލަ ޤަވާއިދު ކޮމިޓީން ދިރާސާކޮށް
ނިންމި ގޮތުގެ ރިޕޯޓް
މާދަމާގެ ޖަލްސާއަށް ގިނަ ރިޕޯޓްތަކެއް އެޖެންޑާ ކޮށްފައިވާއިރު، ހޯމަ ދުވަހަކީ މިދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާނެ ދުވަސް ކަމުގައި މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ