ސާރާ ސްކްރީނުން ފެނުމުން އޭނާއަށް ވަނީ މަޖާ: ސައިފް

ސާރާ ސްކްރީނުން ފެނުމުން އޭނާއަށް ވަނީ މަޖާ: ސައިފް

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2020 07:56
0

ބޮލީވުޑުގައި ކުރިއަރަމުންއަންނަ ޒުވާންތަރި ސާރާ އަލީ ޚާންގެ އެކްޓިންގް ސްކްރީނުން ފެނުމުން ވަރަށް މަޖާ ކަމަށް އޭނަގެ ބައްޕަ ސައިފް އަލީ ޚާން ބުނެފިއެވެ.

ސައިފް މިހެން ބުނެފައިވަނީ ވަރުން ދަވަންއާއެކު ސާރާ ލީޑުން ފެނިގެންދާ ފިލްމު "ކޫލީ ނަންބަރު1″އާ ބެހޭގޮތުން ސައިފުގެ ހިޔާލު ހޯދުމަށް މުމްބާއީ މިރޯއިން ކޮއްފައިވާ ސުވާލަކަށް ޖަވާބުދެމުންނެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)


މި ފިލްމު ޓްރެއިލާ ގިނަބަޔަކަށް ކަމުގޮސްފައި ވާއިރު މުމްބާއީ މިރޯއިންވަނީ ޓްރެއިލާރއާއި ބެހޭގޮތުން ސައިފްއާ ސުވާލުކޮއްފައެވެ. ސައިފް ބުނީ އޭނާ ޓްރެއިލާ ނުބަލާ ކަމަށާއި އެހެން ނަމަވެސް ފިލްމުގެ ބައެއް ލަވަތަށް ސާރާ އޭނާއަށް ދައްކާފައިވާކަމަށެވެ. އަދި އިތުރަށް ސައިފް ބުނެފައިވަނީ ސާރާ އެގޮތަށް ސްކުރީނުން ފެނުމުން އޭނާއަށްވަނީ މަޖަލަކަށްކަމަށެވެ. ސަބަބެއްކަމަށް ސައިފް ބުނެފައިވަނީ އަދިވެސް އޭނާއަށް ސާރާފެންނަނީ ކުޑަކުޑަ ލޯބި ސާރާގެ ގޮތުގަކަމަށެވެ.

ސްކްރީނުން ފެންނައިރު ސައިފްއަށް ހީވަނީ ކުޑަކުޑަ ސާރާ ސަކަރާތްޖަހާހެން ކަމަށްވެސް ސައިފްވަނީ ބުނެފައެވެ. އޭނާއަށް ސާރާ ބޮޑުވިކަން ބަލައިގަންނަށް ދަތިވިޔަސް ސާރާ ބޮޑުވެއްޖެކަމަށް ސާރާގެ ހުނަރުންވެސް ފެންނަކަމަށް ސައިފް ބުންޏެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)


ސައިފް އަލީ ޚާނަކީ މިއަދުވެސް ފިލްމު އިންޑަސްޓްރީގައި ފިޔަޖަހާ ތަރިއެކެވެ. ދެ ކައިވެންޏެއް ކޮށް 3 ކުދިންގެ ބައްޕައަކަށްވެ އިތުރުކުއްޖެއް އައުމާ ގާތްވެފައިވީ ނަމަވެސް މިވަގުތުވެސް އޭނާހުރީ ފިލްމު ސޫޓިންއަށް ހިމާޗަލް ޕުރަދޭޝްގައެވެ. އަދި ވަރަށް އަވަހަށް ރާނީ މުކަރުޖީ އާއި އެކު "ބަންޓީ އޯރު ބަބްލީ2″ އިން ފެނިގެންދާނެކަމަށް ރިޕޯރޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.