ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 37 މީހުން

ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 37 މީހުން

Author
މުޙައްމަދު ޖިމީ
04 ޑިސެމްބަރ 2020 10:00
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 37 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 30 މީހުންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 4 މީހެކެވެ. އަދި ލިވަރބޯޑުން 3 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 13،143 އަށް އަރާފައެވެ.

ރޭ އިރުއޮއްސި 18:00އިން މިރޭގެ އިރުއޮއްސި 18:00 އާއި ހަމައަށް ބަލިން ރަނގަޅުވެފައި ވަނީ 45 މީހެކެވެ. މިއަދު ރަނގަޅުވި 45 މީހުންނާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 12،199 އަށް ވަނީ އަރާފައެވެ. ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 890 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 78 މީހަކަށެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،753 ސާމްޕަލާއިއެކު މިހާތަނަށް 251،860 ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން މި ބަލާިގައި މިހާރު ވަނީ 47 މީހަކު ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.