ޑިމޮކްރެޓްސްއަކީ ލާދީނީ ޖަމާއަތެއް: ސިއްދީގު

ޑިމޮކްރެޓްސްއަކީ ލާދީނީ ޖަމާއަތެއް: ސިއްދީގު

Author
ހުސެއިން
25 ޖުލައި 2023 12:53
0

ކުރީގެ ރައީސް ނަޝީދު އުފައްދަވާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ ލާދީނީ ޖަމާއަތެއް ކަމުގައި، ޕީޕީއެމްގެ ސެނެޓްގެ މެމްބަރެއް ކަމުގައިވާ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިހެން ވިދާޅުވީ ޕީޕިއެމްގެ ފަހަތަށް ޑިމޮކްރެޓްސް ނާރާނެކަމަށް، އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވުމާއި ގުޅިގެން އޭނާގެ ވާހަކައަށް ރައްދު ދެމުންނެވެ.

ސިއްދީގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަމިއްލަ ފައިމަތީ، ހިނގާނެ ބާރުނެތް އިރު ބޮޑާބަސްތައް ބޭރުކުރަން ފެށުމުން، ޑިމޮކްރެޓްސް ޕާޓީ ގެ އުރައްޕެއް ނެތްކަން ސާފު ކަމަށާއި، ޕީޕީއެމްއަށް ލާދީނީ ޖަމާއަތެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވާ ކަމުގައެވެ.

"ދަ ޑިމޮކްރެޓްސް"އަކީ ލާދީނީ ޖަމާއަތެއް ކަމަށް ސިއްދީގު ސިފަ ކުރެއްވި ނަމަވެސް، ޕީޕީއެމްއިން ދާދިފަހުން ވަނީ އެޕާޓީއާއެކު ސިޔާސީ މަޝްވަރާތައް ބާއްވާފައެވެ. އެހެންނަމަވެސް "ދަ ޑިމޮކްރެޓްސް"އާއެކު ކުރިޔަަށް ގެންދާ ސިޔާސީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ޕީޕީއެމްގެ ސެނެޓްގެ ރުހުމާ ނުލާކަމަށް ބުނެ، ޕީޕީއެންގެ ސެނެޓްގެ ގިނަ އަދަދެއްގެ މެމްބަރުންގެ ނުރުހުން މި މަޝްވަރާތަކަށް އަމާޒު ވެފައި ވެއެވެ.

އިދިކޮޅު ޕީޕީއެމްއިން އަބަދުވެސް ބުނަމުން އައިސްފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން އެއްވެސް އެހެން ޕާޓީއަކާ ކޯލިޝަން ހަދާނީ އެންމެން އެއްބަސްވާ ކެނޑިޑޭޓަކީ ރައީސް ޔާމިން ކަމަށް އެހެން ޕާޓީތަކުން އެއްބަސްވާކަމަށް ވާނަމަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 13ވގ
އެންމެބޮޑު ދީނީ އިލްމު ވެރިޔާ 11 އަހަރައް ޖަލުގަ ދެންހުރީ ބާރގަމޭން އެކަނި