އިދިކޮޅު ސައިކަލު ބުރުން 14 މީހަކު ހައްޔަރަށް

އިދިކޮޅު ސައިކަލު ބުރުން 14 މީހަކު ހައްޔަރަށް

Author
ހުސެއިން
22 ޖުލައި 2023 10:48
0

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމްއިން ބޭއްވި ސައިކަލު ބުރަށްފަހު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އެންމެންވެސް ހައްޔަރު ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް އެއްވިކަމުގެ ތުހުމަތުގައެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ބުނީ ޕީޕީއެމް/ޕީއެންސީ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވަނީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އަދި ގާނޫނާ ހިލާފަށް މުޒާހަރާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ 10 ފިރިހެނުންނާއި 4 އަންހެނުން ހައްޔަރު ކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީ ކައިރިން މަޖީދީ މަގުން ކަމުގައެވެ. މި އެންމެންވެސް ގެންގޮސްފައިވަނީ އަތޮޅު ވެއްސަށެވެ.

މިއަދު ހަވީރު ބޭއްވި ސައިކަލް ބުރަކީ ޒުވާނުންނަށް ޚާއްސަ ކުރެވުނު ސައިކަލު ބުރެއްކަމުގައި އިދިކޮޅުން ކުރިންވަނީ އިއުލާން ކޮށްފައެވެ.

މިއަދު ސައިކަލު ބުރުގައި އިދިކޮޅު އެކްޓިވިސްޓުން ގޮވާފައިވަނީ ޔާމިން ދޫކޮށްލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.