އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ތިބި ވަގުތު ފުލުހުން އެ މީހުން ދުރަށް ޖައްސަމުން ދިޔަ މަންޒަރުތައް ކަވަރު ކުރަން ތިބި ނޫސްވެރިން ކޮއްޕާލި އެސްއޯ ފުލުހަކު އަމަލުކުރި ގޮތް ހާދިސާ ހިނގިތާ އެއް ދުވަސްފަހުން ހިއުމަންރައިޓް ކޮމިޝަނުން ކުށްވެރި ކޮށްފިއެވެ.
އިއްޔެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސަން އުޅުމުގެ ތެރެއިން، އެ ތަނުގައި ހުރި ފުލުހަކު ވަނީ ނޫސްވެރިން ކޮއްޕާ ވައްޓާލައިފައެވެ. އޭގެ މަންޒަރުތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ބައެއްގެ ނުރުހުމާއިއެކު ފުލުހުން ވަނީ މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށް ބުނެފައެވެ.
ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން އެޗްއާރުސީއެމްއިން ކުރި ކުރު ޓުވީޓެއްގައި ބުނީ ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކޮށްފައިވާގޮތް ކުށްވެރިކުރާ ކަމަށެވެ. އަދި މިހާދިސާ ތަހުގީގް ކުރުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ.
2023 ޖުލައި 21 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކޮށްފައިވާގޮތް މި ކޮމިޝަނުން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ. އަދި، މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.
– އެޗްއާރުސީއެމްއިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މިހާދިސާއާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާނެ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން ދުރުކުރަން ވެސް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ފުލުހުން ރޫޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި މަންޒަރުތައް ކަވަރު ކުރަން ތިބޭ ނޫސްވެރިންނަށް އަނިޔާވެފައި ވެސް އެބަ ހުއްޓެވެ. އަދި އެ ކަމުގައި ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ އިދާރާތަކާއި ޖަމިއްޔާތަކުން ބަޔާން ވެސް ނެރެފައިވެއެވެ.
2 Responses
ހިނިއައިސްހުރެގެނެއްނޫ.ކުންވެރާނީ ހީވާނީ އެއިން މަޖަލަކަންކަމަށްނު
ތިމީހުންލައިގެންް އިންސާފުހޯދަންް ކުރެވޭނެެ އެއްކަމެއްނޯންނާނެެ ތީހަމަަ ގުބޯތަކެއްް އެއްވެސްް ކަމެއްނުވާނެެ ރައްޔިތުންގެެ ޓެކުސްފައިސާއިންް ތިމީހުންނައްް މުސާރަދޭންވެސްް ނުވާނެެ ތީއުވާލާންޖެހޭޭ ތަނެއްް މިރާއްޖޭގަހިއުމަންރައިޓެއްް ނެތްް ދެންކީއްކުރާންކުރާބޭބާރުު ހަރަދެއްް އުވާލާާ ބޭކާރުު ހުސްބޭކާރުު