2009 ވަނަ އަހަރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެެނެސްދިން އަދި އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އުދަބާނި" ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.
އަމްޖޭ ވަނީ މި ފިލްމްގެ ޝޫޓިންގ ގެ ތެރެއިން ނަގައިފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިއެވެ. މި ފިލްމްގެ ޝޫޓިންގ ފެށިކަން އަމްޖޭ ޔަަގީން ކޮށްދީފައި ވާއިރުގައި މި ފިލްމްގެ ލީޑުން ފެނިގެންދާނީ ކުރީ ފިލްމްގެ ލީޑުން ފެނުން ތަރިން ކަމެއް އަދި ނޭގެއެވެ.
"އުދަބާނި"ގެ ލީޑުން ފެނިގެންދިއައީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ. ހާމިދު އަކީ އުދަބާނީގެ ޕްރޮޑިއުސަރު ވެސް މެއެވެ. 2009 ވަނަ އަހަރުގެ މި ފިލްމް އަކީ ލިޔުންތެރިޔާ މުހައްމަދު ގާސިމުގެ ވާހަކަ އަކަށް ބިނާކޮށް ހެދި ފިލްމްއެކެ ވެ.
ރީތި ލަވަތަކެއްވެސް ހިމެނޭ އެފިލްމް އަކީ ބިރުވެރި ފިލްމްއެކެވެ. އަދި ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއްވެސް ލިބިގެން ދިއަ ފިލްމްއެއްވެސް މެއެވެ. އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.
ކޮމެންޓު ފޮނުވާ