ހުޅުމާލޭ ބޭރުގައި މެޝިން ބަޑިޔާއިއެކު އެމްއެންޑީއެފްގެ ޓްރެއިންނިން ބާއްވަނީ

ހުޅުމާލޭ ބޭރުގައި މެޝިން ބަޑިޔާއިއެކު އެމްއެންޑީއެފްގެ ޓްރެއިންނިން ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 03:22
0

ހުޅުމާލޭ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި މިމަހުގެ4 ދުވަހެއްގައި ޙާއްސަ ޓްރެއިނިންގ އެއް ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފްއިން ނިންމައިފިއެވެ.

އެމް.އެން.ޑީ.އެފް އިން ބުނެފައިވަނީ މި ޓްރެނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6،7 އަދި 13,14 ވަނަ ދުވަހުގެ ހެނދުނު 06:00 އިން 18:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ. މި ތަމްރީނުތަކުގައި ހަތިޔާރު ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށާއި، ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތްވެސް ހަމަޖެހިފައިވާކަމަށެވެ.

ހަތިޔާރު / ޕައިރޯޓެކްނިކްސް:   މެޝިން ގަން ފަޔަރިން
– ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:   5000 މީޓަރ

– ވައިގެ ސަރަޙައްދު ބޭނުންކުރަން އެންމެ އުސްމިން:   100 މީޓަރ

– ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:   ސީލެވެލް

– ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:  ހަޅުލޭގެ އުތުރުން 07 މޭލު ބޭރުގައި

އެމްއެންޑީއެފްއިން މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން މިފަދަ ޓްރައިނިންގތައް ކުރިއަށް ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.