ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 31,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1810 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯ އޭޕްރަންއެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، މޫރިންގ ރިންގްސް ހަރުކުރުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
B. Kamadhoo Harbor Development Project is well underway, with overall 75% project progress. We have completed construction of quay wall, harbor basin dredging operations and installation of harbor pavement.
Scope of works include, dredging operations of 31,222cbm, channel… pic.twitter.com/WT6ituykDS
— MTCC Plc (@MTCCPlc) July 17, 2023
ކަމަދޫގައި ކުރިން އޮތް ބަނދަރު ކުޑަވެ ތިލަވުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން އެރަށް އޮތީ ކުރިމަތިވެފައެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރު ކުރާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެއީ އެރަށަކީ ޕެޓްރޯލާ ޑީސެލް ބަނދަރު ކައިރިން ލިބޭ ރަށަކަށްވުމުން އެ ޙިދުމަތް ހޯދުމަށް އަންނަ އޮޑިދޯނިފަހަރު އެޅުމަށް ނުވަތަ މަޑުކޮށްލުމަށް ފަޅު ކުޑަވުމުން ޖާގަނުލިބޭތީއެވެ.