ހުވަދު އަތޮޅު އާރްޓީއެލް ޙިދުމަތުގެ އަގުތައް އެމްޓީސީސީއިން ހާމަކޮށްފި

ހުވަދު އަތޮޅު އާރްޓީއެލް ޙިދުމަތުގެ އަގުތައް އެމްޓީސީސީއިން ހާމަކޮށްފި

Author
އަޒްފާ ރަޝީދު
17 ޖުލައި 2023 01:28
0

ހުވަދު އަތޮޅަށް ފެށި އާރްޓީއެލް ޙިދުމަތުގެ އަގުތައް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ގއ އަދި ގދ އަތޮޅުގައި ޖުމްލަ 9 ރޫޓަކުން ފެރީތައް ބާއްވާއިރު، ހުވަދޫ ރޫޓުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35 ރުފިޔާއާއި، 125 ރުފިޔާއާއި ދެމެދުއެވެ.

10 މިނެޓުގެ ލޯންޗު ދަތުރު ކޮށްދެމުން އަންނަނީ 500-700 ރުފިޔާއާއި ދެމެދުގެ އަގުގައެވެ. ނަމަވެސް އާރްޓީއެލްއާއެކު މި އަގު މިވަނީ 35 ރުފިޔާއަށް ކުޑަވެގެންގޮސްފައެވެ.

ހުވަދޫގައި ފޯރުކޮށްދޭ އާރުޓީއެލް ހިދުމަތުގައި ނަގާ އެންމެ ބޮޑު އަގަކީ 150 ރުފިޔާއެވެ. އެއީ ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނު ބުރި ގުޅުވައިދޭ "ހައިވޭ ރޫޓް"ގެ ދަތުރަށް ނަގާ ފީއެވެ. ހައިވޭ ރޫޓަކީ ގއ.ވިލިނގިއްޔާ ގދ.ތިނަދުއާއި ދެމެދު ބާއްވާ ދަތުރެވެ.

އާރްޓީއެލްގައި ޚިދުމަތް ހުވަދޫގައި ފެށީ 6 ސްޕީޑް ފެރީއާއެކުއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 4 ފެރީ އެ ސަރަޙައްދަށް ގެންދާނެކަމަށް، އެ ޚިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން ބުނެއެވެ.

ހުވަދު އަތޮޅަކީ 22000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަތޮޅެކެވެ. އަދި އެއީ ރިސޯޓްތައް ތަރައްޤީވެ، ލޯކަލް ޓުއަރިޒަމްވެސް ފުޅާވަމުން އަންނަ ސަރަޙައްދެކެވެ. އެހެންކަމުން މި ޚިދުމަތް ވެގެންދަނީ އާއްމުންނަށް ލިބޭ ލުއިފަސޭހައިގެ އިތުރުން، އަތޮޅުގެ އިޤްތިޞާދުވެސް ކުރިއަރާނެ ޚިދުމަތަކަށްކަަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.