މި ތިބީ ޚިޔާލު ފާޅުކުރުމަށް ތަންމިނަށް ޖާގަދީގެން: ރައީސް

މި ތިބީ ޚިޔާލު ފާޅުކުރުމަށް ތަންމިނަށް ޖާގަދީގެން: ރައީސް

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2023 02:30
0

މި ސަރުކާރު އޮތީ މިނިވަންކަމާއި، ހިޔާލު ފާޅު ކުރުމާއި، އެއްވެ އުޅުމާއި، ރައްޔިތުންގެ އަޑު އަހައި, ތަންދީގެން ކުރިއަށްދާން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މ. ރަތްމަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، 2013-2018 އާ ދޭތެރޭ ހިނގައިދިޔަ ކަންތައްތަކާއި 2018 އިން ފެށިގެން މި ފަސް އަހަރުގެ ތެރޭގައި ކަން ހިނގަމުން ދާ ގޮތް ރަނގަޅަށް ވަޒަންކުރަން ޖެހޭނެ ކަމަށެވެ.

އަޅުގަނޑުމެން މި ތިބީ މިނިވަންކަމާއި, ހިޔާލު ފާޅު ކުރުމާއި، އެެއްވެ އުޅުމާއި، މި ހުރިހާ ކަމަކަށް ތަންދީގެން ކުރިއަށްދާން، ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށްދާން، އެހެންވެ މިފަދަ ކުދިކުދި ރަށްތަކަށް އައިސް ރައްޔިތުން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން މި އޮޅުން ފިލުވަނީ.

– ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ ވާހަކަތައް ފައްޓަން ޖެހޭނީ ގައިން ތާހިރުވެގެން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ. ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްދީ، ލަފާ ފުރޭނެ ގޮތްތައް ހަމަނުޖެހި ދައްކަން ޖެހޭނީ ކޮން ތަރައްގީގެ ވާހަކައެއްތޯ ރައީސް ސުވާލުކުރެއްވިއެވެ. ކުދި އާބާދީތަކަށް މިވީހާ ތަނަށް މިއިން އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފުރަތަމަ މީހާއަށް ސާފް ބޯފެނާއި، ނަރުދަމާގެ ހިދުމަތާއި، ލަފާ ފުރުމުގެ ފަސޭހަކަމާއި، ސިއްހީ ހިދުމަތާއި، ދަރިންނަށް ތައުލީމް ދެވޭނެ ގޮތެއް ނެތި ދެން ކޮން ތަރައްގީގެ ވަހަކައެއް ދައްކަންތޯ، އަޅުގަނޑުމެން ފަށާއިގަތީ އެހިސާބުން، ކުދި އާބާދީތަކުގައި މީގެ ކުރިން ނެތް އެއްވެސް ކަމެއް ކޮށްފައެއް.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި އެ ބޭފުޅުން ވިސްނީ އާބާދީ ކިތައްމެ ކުޑަވިޔަސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށެވެ. މި ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަމުން އަންނައިރު، ފެނަކަ އާ އިންޖީނުގެ މިއަދު ވަނީ ހުޅުވައިފައެވެ. އެ ހުރިހާ ކަމާއެކު ވެސް، ކުދި ރަށްރަށަށް ދިރުން އަންނާނެ ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި އަތޮޅާއި ރާއްޖެ ގުޅާލުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.