އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ އިލެކްޝަންސް ކޮމިޝަނުން މިއަދު ރަޖިސްޓްރީ ކޮށްދިނުމާއެކު، ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު ޕީޕީއެމްއިން ދަމަހައްޓަމުން އައި މަނޯރިޓީ ޕާޓީގެ މަގާމް އެޕާޓީއަށް ގެއްލިއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މި ދައުރު ފެށުނީއްސުރެ މަޖިލިހުގެ މައިނޯރިޓީ ޕާޓީގެ މަގާމް ދަމަހައްޓަމުން އައިސްފައިވަނީ، ކުރީގެ ރައީސް ޔާމިން ނިސްބަތްވާ ޕީޕީއެމްއިންނެވެ.
އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ މިއަދު އުފެއްދުމާއެކު، އެޕާޓީއާއި ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެން ހިމެނިގެންދާނީ މަޖިލިގައި އެޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ކަމުގައެވެ. އެހާތަނުން ރައްޔިތުންގެ މަޖިލިހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ވެގެން ދާނީ "ދަ ޑިމޮކްރެޓްސް" ޕާޓީއެވެ.
’ދަ ޑިމޮކްރެޓްސް' ޕާޓީގައި މިވަގުތު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންނަކީ:
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ހަސަންކޮ)
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
- ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
- މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
އޭގެ އިތުރުން، މާދަމާ ރޭ ބާއްވާ ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ވަނީ ސޮއިކުރުމަށް ހަމަޖެހިފައެވެ. އެހާތަނުން، މަޖިލީހުގައި ތިއްބައްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު 15އަށް އަރާނެއެވެ.
ކޮމެންޓު ފޮނުވާ