އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 07:47
0

އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއި ދެބޭފުޅުން މަޗްވަރާ ކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ދަޢުވަތަކަށް އިންޑިއާގެ ނިއުދިއްލީއަށް މިނިސްޓަރ ޝާހިދު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ދެބޭފުޅުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މިމަޝްވަރާ ތަކާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އަދި އުންމީދީ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިޖްތިމާޢީ އިޤްތިޞާދީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ ދެޤައުމުގެ ދެމެދުގައި އެހީތެރިކަމުގެ ގިނަ އެއްބަސްވުންތަކެއް ވަނީ ހެދިފައެވެ. އަދި އިންޑިއާގެ އެކި ކުންފުނިތަކުން ރާއްޖޭގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަސައްކަތާއި، އައްޑޫ މަގު ހެދުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.