އެންމެ ބޮޑު އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްއާ އެކު އޮތް ބައްދަލުވުމަށްފަހު، އެންމެން އެކުގައި ޤާސިމް ހޮވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރ ނަވާޒް ގޮވާލައިފިއެވެ.
މިއަދު ސަން އައިލެންޑުގައި އޮތް ބައްދަލުވުމާއި ގުޅޭ ގޮތުން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ޕީޕީއެމުން ޖޭޕީގެ ލީޑަރު ގާސިމާ އެކުގައި މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މިބައްދަލުވުމަށްފަހު ޖޭޕީގެ ލީޑަރު ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު ނަވާޒު ވިދާޅުވީ މިއީ ކާމިޔާބު ބައްދަލުވުމަކަށް ވާނެކަމާއިމެދު ޝައްކެއް ނެތްކަމަށެވެ.
ދިރުމެއް ހުރިއްޔާ، އުންމީދެއް އޮންނާނެ. JP ގެ ރިޔާސީ ކެންޑޮޑޭޓް ޤާސިމް އިބްރާހިމް އާއި އަބްދުއްރަހީމްގެ ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމެއް ކަމީ ޝައްކެއް އޮތްކަމެއްނޫން. އެންމެން އެކުގައި ޤާސިމް ހޮވަމާ.
– ނަވާޒު ވިދާޅުވިއެވެ.
މިއީ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމާއި ޕީއެންސީން ގާސިމް އާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގާސިމް މަޝްވަރާކުރައްވަމުން ގެންދެވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. އެކަމަކު، އެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ތަނެއް ނުފެނެއެވެ. ޖޭޕީ އާއި ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އިން ބުނީ ދެ ޕާޓީގެ ގުޅުން ވެސް ރަނގަޅު ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ ދަ ޑިމޮކްރެޓްސްއާ އެކީގައި ވެސް ސިޔާސީ މަޝްވަރާތައް ކުރަމުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން އަންނަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ކެމްޕެއިން ވެސް ކުރަމުންނެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް ދީފައިވާ އިރު، ރަސްމީކޮށް ރިޔާސީ ކެމްޕެއިން ދަތުރުތަކުގައި ގާސިމް އަދި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ކޮމެންޓު ފޮނުވާ